މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި

Thu, 25 Apr 2024 05:42 PM

View on this article on adduLive

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި

ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި، އަބްދުﷲ މައުމޫނު (މާނު) މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފި އެވެ.



ޕީޖީ އޮފީހުން ބުނީ، މައުމޫންގެ އާއިލީ ބައެއް ފަރާތްތަކަށް އަދި އޭނައާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

މިއިން ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންކަމުން ހަތް ދައުވާއަށް އެއީ، ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ.

މައުމޫނަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއް ކަމަށްވާއިރު އޭނާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވީއެންމެ އަވަސް ތާރީޚަކަށް ތާވަލުކޮށްދެއްވުމަށް ކޯޓުގައި އެދިފައިވާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި އޭނާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކުރާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެކަަމަށް ޕިޖީ އޮފީހުން ވަނީ ބުނެފަ އެވެ.

The post މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި appeared first on adduLIVE.



More from adduLive