ޗައިނާގެ ރައީސް ޔޫރަޕަށް

Sun, 05 May 2024 11:41 AM

View on this article on adduLive

ޗައިނާގެ ރައީސް ޔޫރަޕަށް

ޗައިނާގެ ރައީސް ޝީ ޖިންޕިން ޔޫރަޕްގެ ގައުމުތަކަށް މިއަދު ރަސްމީ ދަތުރެއް ފައްޓަވައިފި އެވެ.



އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ މިއީ މިއަދުން ފެށިގެން މި މަހުގެ 10 އާ ހަމައަށް ކުރައްވާ ދަތުރެއް ކަމަށެވެ. މި ދަތުރުގެ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ޝީ ވަޑައިގެންގަންނަވާނީ ފްރާންސަށެވެ. މި ދަތުރުގައި އެ ގައުމުގެ ރައީސް އެމަނުއެކް މެކްރޯންއާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

މެކްރޯން ވެސް މިދިޔަ މަހުގެ ތެރޭގައި ޗައިނާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގަތެވެ.

ޝީގެ ޔޫރަޕް ދަތުރުގައި ވަޑައިގަންނަވަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ފްރާންސްގެ އިތުރުން ބެލްޖިއަމް، ހަންގޭރީ އަދި ސާބިއާ ހިމެނެ އެވެ.

ޗައިނާފެ ފޮރިން މިނިސްޓްރީން ބުނީ ރައީސްގެ މި ދަތުރަކީ އެ ގައުމުތަކުގެ ވެރިންގެ ދައުވަތަށް ކުރައްވާ ދަތުރުތަކެއް ކަމަށާއި ކޮންމެ ގައުމަކާ އެކީ ވެސް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިއަން ޖިއަން ވިދާޅުވީ ޝީގެ ޔޫރަޕްގެ ދަތުރުގެ ސަބަބުން ބައިނަލްއަގުވާވީ ސުލްހަ މަސަލަސް ކަމަށް ކުރެވޭ މަސައްކަތްތަތަކަށް ވެސް ކުރިއެރުންތަކެއް އަންނާނެ އެވެ.

The post ޗައިނާގެ ރައީސް ޔޫރަޕަށް appeared first on adduLIVE.



More from adduLive