"ބަރުސާތޭ" ގެ ދެ ތަރިން އެންގޭޖް ވަނީ

Sun, 05 May 2024 11:04 AM

View on this article on adduLive

"ބަރުސާތޭ" ގެ ދެ ތަރިން އެންގޭޖް ވަނީ

ސޮނީ ޓީވީން ދާދި ފަހުން ނިންމައިލި ޓީވީ ސިލްސިލާ "ބަރުސާތޭ: މޯސަން ޕިޔާރު ކާ" ގެ ލީޑް ތަރިން ކަމަށްވާ ކުޝާލް ޓަންޑަނާއި ޝިވާންގި ޖޯޝީ އެންގޭޖްވާން ނިންމާފައިވާ ރިޕޯޓްތައް ބުނެފި އެވެ.



މީޑިއާތަކުން ބުނީ އެ ސިލްސިލާގެ މަސައްކަތުގެ ތެރޭގައި އުފެދުނު ލޯބީގެ ގުޅުމާ އެކީ ދެ ތަރިން ވެސް މިހާރު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ ކުޝާލާއި ޝިވާންގީ ވަރަށް އަވަހަށް އެންގޭޖްވާނެ ކަމަށް ބުނެފައިވެ އެވެ.

މި ދެ މީހުންގެ ގުޅުމުގެ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ދުވަސްތަކެއްވި ނަމަވެސް އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ" ގައި ކުރިން ނައިރާގެ ރޯލު ކުޅެގެން މަޝްހޫރުވި ޝިވާންގީ ކުރިން އޭގެ ބަތަލު މުހްސިން ޚާނާ ވެސް ރައްޓެހިވި އެވެ.

ކުޝާލް ކުރިން ވަނީ ގޯހަރް ޚާނާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. ގޯހަރް ވަނީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ފަދަ ފިލްމުތަކުގެ މިއުޒިކް ޑައިރެކްޓަރު އިސްމާއީލް ދަރުބާރުގެ ދަރިފުޅު، ޒައިދު ދަރުބާރާ 2020 ގައި ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް މިހާރު އަހަރެއްވީ ފިރިހެން ދަރިއަކު ވެސް އެބަހުއްޓެވެ.

ޖުލައި 10، 2023 އިން ފެބްރުއަރީ 16، 2024 އަށް ގެނެސްދިން "ބަރުސާތޭ" އަކީ ކުޝާލް، 39، އާއި ޝިވާންގީ، 25، އެކީގައި ކުޅުނު ފުރަތަމަ ސިލްސިލާ އެވެ. އެއީ އެކްތާ ކަޕޫރް ޕްރޮޑިއުސްކުރި އެއްޗެކެވެ.

The post "ބަރުސާތޭ" ގެ ދެ ތަރިން އެންގޭޖް ވަނީ appeared first on adduLIVE.



More from adduLive