މެޖޯރިޓީގެ ފައިދާ ސަރުކާރަކުން ނުނަގާނެ: ޝިޔާމު

Thu, 25 Apr 2024 12:03 PM

View on this article on adduLive

މެޖޯރިޓީގެ ފައިދާ ސަރުކާރަކުން ނުނަގާނެ: ޝިޔާމު

އަންނަ މަހު ހުވާކުރާ 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބިފައި އޮތަސް އެކަމުގެ ނާޖާއީޒު ފައިދާ ސަރުކާރުން ނުނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.



ނައިފަރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މެންބަރު ޕީއެސްއެމްގައި ރޭ ވިދާޅުވީ މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް/ޕީއެންސީ އޮތް އިރު ބޮޑެތި ދަތިތަކާއި އުނދަގޫތަކާ ކުރިމަތި ކުރުވާފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 20 ވަނަ މަޖިލީހުގައި އެ މަންޒަރުތައް ނުފެންނާނެ ކަމަށް ޝިޔާމު ވިދާޅުވި އެވެ. އޭނަ ވިދާޅުވީ އާ މަޖިލިސް ވާނީ ހަރުދަނާ މަސައްކަތްތަކެއް އުފެއްދުންތެރި، ޒިންމާދާރު މަޖިލީހަކަށެވެ.

"މި ހިނގާ 19 ވަނަ މަޖިލީހުގައި އަޅުގަނޑުމެން ފެށިއިރު ވަރަށް އުނދަގޫ، ވަރަށް މަދު މެންބަރުންކޮޅެއް އަޅުގަނޑުމެންގެ ތިބީ. އަޅުގަނޑުމެން ބިލަކަށް ވެސް އަދި ބޮޑު މުހިންމު އިޝޫއަކަށް ވާހަކަ ދައްކަން ފަށާއިރު ހަމަ ހަ ފަރާތުން ހަޅޭއްލަވާ، ފުރައްސާރަ ކުރާ މަންޒަރު ފެނިގެން ދިޔައީ. އެއީ މިއަދު ރާއްޖޭގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫން،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ޔަގީން ކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއް ނިސްބަތްވާ ޕާޓީއެއްގެ ސުޕަ މެޖޯރިޓިއެއްގެ ފައިދާ އަޅުގަނޑުމެން ނުނަގާނެ." އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އާ މަޖިލީހުގައި މައިނޯރިޓީ އަށް އިހުތިރާމުކުރާނެ ކަމަށާއި ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދިނީ ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް މެމްބަރަކާއި ސަރުކާރާ ގުޅިފައިވާ އެހެން ޕާޓީތަކަށް ލިބުނު ގޮނޑިތަކާ އެކީ ޕީއެންސީ އަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކަށަވަރުވެފަ އެވެ.

The post މެޖޯރިޓީގެ ފައިދާ ސަރުކާރަކުން ނުނަގާނެ: ޝިޔާމު appeared first on adduLIVE.



More from adduLive