ރެއާލަށް 36 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން

Sun, 05 May 2024 05:58 AM

View on this article on adduLive

ރެއާލަށް 36 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން 36 ވަނަ ފަހަރަށް ހޯދައިފި އެވެ.



ރެއާލުން ރޭ އަމިއްލަ ދަނޑުގައި 3-0 އިން ކާޑިޒް ބަލިކުރިއިރު، އެޓީމަށް ލީގު ތަށި ކަށަވަރުވީ ރޭ ޖިރޯނާ އަތުން 4-2 އިން ބާސެލޯނާ ބަލިވުމާ ގުޅިގެންނެވެ. ރެއާލުން ތަށި ޔަގީން ކުރިއިރު ލީގުގައި ބާކީ އަދި ހަތަރު މެޗު އެބައޮތެވެ.

ރެއާލަަށް 34 މެޗުން 87 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ބާސެލޯނާ އަށް 34 މެޗުން ލިބިފައިވަނީ، 73 ޕޮއިންޓެވެ. މި ދެ ޓީމަށް ވެސް ދެން ރެއާލްއާ އަރާ ހަމަނުކުރެވޭނެ އެވެ.

ރޭގެ މެޗުން މޮޅުވުމުން ޖިރޯނާ ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފަ އެވެ.

ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި އަންދްރޭސް ކްރިސްޓެންސަން ވަނީ ބާސާ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ މިނެޓްފަހުން އާޓެމް ޑޮވްބީކް ވަނީ ޖިރޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ރޮބަޓް ލެވަންޑޯސްކީގެ ޕެނަލްޓީން ބާސެލޯނާ ފުރަތަމަ ހާފު ނިންމާލީ ލީޑުގަ އެވެ. އެކަމަކު ދެވަނަ ހާފުގައި ކުޅެން އެރި ޖިރޯނާގެ ޕޯޓޫގެ ދެ ގޯޅުން އެ ޓީމުން ނަތީޖާ އަނބުރާލި އެވެ. ޖިރޯނާގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ މިގޭލް ގުޓިއެރޭޒް އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ އެޓީމުން ކާޑިޒް ބަލިކުރީ ދެވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. ރެއާލުން ލީޑުނެގީ 51 ވަނަ މިނެޓްގައި ބްރަހިމް ޑިއާޒް ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ޖޫޑް ބެލިންހަމް އެވެ. ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ހޮސޭލޫ އެވެ.

The post ރެއާލަށް 36 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން appeared first on adduLIVE.



More from adduLive