ޕްރިޔަންކާގެ ފިރިމީހާގެ އާ ފިލްމެއް

Thu, 25 Apr 2024 11:51 AM

View on this article on adduLive

ޕްރިޔަންކާގެ ފިރިމީހާގެ އާ ފިލްމެއް

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ އާ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.



މި އަހަރުގެ ޖުލައި 23 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް މި ފިލްމަކީ ކޮމެޑީ-ޑްރާމާ "ދަ ގުޑް ހާފް" އެވެ. ރޮބަޓް ޝްވަޒްމަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ބްރިޓަނީ ސްނޯ، ޑޭވިޑް އާކްއެޓް، އެލެގްޒެންޑްރާ ޝިޕް އަދި އެލިޒަބަތު ޝޫ ހިމެނެ އެވެ.

އަލަށް ފިލްމެއްގައި ނިކް ލީޑް ރޯލު ކުޅުނު "ދަ ގުޑް ހާފް" ގައި އޭނަ ކުޅެފައި ވަނީ ރެން ވީލަންޑް ކިޔާ ކެރެކްޓާއެކެވެ. މި ފިލްމު މިދިޔަ އަހަރުގެ ޖޫންގައި ބޭއްވި ޓްރައިބެކާ ފިލްމު ފެސްޓިވަލްގައި ޕްރީމިއާކޮށްފައިވެ އެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު އަދި "ޖޯނަސް ބްރަދާސް" ގެ ނަމުގައި އާއިލީ ބޭންޑެއް ހިންގަމުން އަންނަ ނިކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ޕްރިޔަންކާ އާއި ސޭމް ހިއުގަންގެ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ "ލަވް އެގެއިން" ގެ ކުޑަ ރޯލަކުންނެވެ.

ނިކް ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް"، "މިޑްވޭ" އަދި "ކެއޯސް ވޯކިން" ހިމެނެ އެވެ.

ނިކްއާ 2018 ގައި ކައިވެނިކޮށް އެމެރިކާ އަށް ދިރިިއުޅުން ބަދަލުކޮށްފައިވާ އިންޑިއާގެ ބަތަލާ ޕްރިޔަންކާ އަކީ މިހާރު ހޮލީވުޑްގެ ވަރަށް ނުފޫޒު ގަދަ ބަތަލާއެކެވެ.

The post ޕްރިޔަންކާގެ ފިރިމީހާގެ އާ ފިލްމެއް appeared first on adduLIVE.



More from adduLive