ކުޅުދުއްފުށީގައި ހުވަނީގެ އުނދަގޫ ބޮޑުވެއްޖެ

Sun, 05 May 2024 08:56 AM

View on this article on adduLive

ކުޅުދުއްފުށީގައި ހުވަނީގެ އުނދަގޫ ބޮޑުވެއްޖެ

ކުޅުދުއްފުށީގައި ހުވަނީގެ އުނދަގޫ ބޮޑުވެގެން އެ ނައްތައިލުމުގެ މަސައްކަތް ފަށައިފި އެވެ.



ހުވަނި ނައްތައިލަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތްތަކަށް ސިފައިންގެ އެހީތެރިކަން ވެސް ލިބިފައިވެ އެވެ. އެގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކުޅުދުއްފުށި ފަޔަ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.

ކުޅުދުއްފުށީގައި ހުވަނި ގިނަވަމުންދާތީ، ހުވަނި އާލާވެފައިވާ ރުއްގަސްތަކަށް ފެން ޖަހައި، ހުވަނި މަދުކުރުމުގެ ހަރަކާތެއް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އިއްޔެ ހަވީރު ކުޅުދުއްފުށި ފަޔަ ސްޓޭޝަނުންކޮށްފައިވެ އެވެ. އެގޮތުން، ހުވަނި ގިނަވެފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަސްތަކަށް ސިފައިން ވަނީ ޖުމުލަ 7 ޓަނުގެ ފެން ޖަހާފައި ވެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަ ސްޓޭޝަނުން ހުވަނި ނައްތައިލަން އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.

ދާދި ފަހުން އައްޑޫ މީދޫގައި ވެސް ހުވަނީގެ އުނދަގޫ ބޮޑުވެގެން އެ ނައްތައިލުމުގެ މަސައްކަތްކޮށްފައިވެ އެވެ.

The post ކުޅުދުއްފުށީގައި ހުވަނީގެ އުނދަގޫ ބޮޑުވެއްޖެ appeared first on adduLIVE.



More from adduLive