އަލިފާން ނިއްވާ މީހުންނަށް ބިނާކޮށް ފިލްމެއް

Sun, 05 May 2024 09:26 AM

View on this article on adduLive

އަލިފާން ނިއްވާ މީހުންނަށް ބިނާކޮށް ފިލްމެއް

އަލިފާންގެ ހާދިސާތަކާ ގުޅިގެން، އަލިފާން ނިއްވަން މަސައްކަތްކުރާ ފަޔާފައިޓަރުންނަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެއް ބޮލީވުޑުން އިއުލާންކޮށްފި އެވެ.



އިއްޔެ ފާހަގަކުރި އިންޓަނޭޝަނަލް ފަޔާ ފަޔާފައިޓާސް ޑޭއާ ގުޅުވައުގެން އިއުލާންކުރި މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓައިންމަންޓުން ޝޫޓިން ތައްޔާރުވަމުން އަންނަ "އަގްނީ" އެވެ. މީގެ ޑައިރެކްޓަރަކީ އެ ސްޓޫޑިއޯ އިން 2016 ގައި ޝާހްރުކް ޚާނާ އެކީ "ރައީސް" ގެނެސްދިން ރާހުލް ދޮލާކިއާ އެވެ.

ފަޔާ ފައިޓަރުންނަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާ ފިލްމުގެ މަައިގަނޑު ކާސްޓްގައި ހިމެނެނީ ޕްރަތީކް ގާންދީ އާއި ދިވްޔެންޑޫ ޝަރުމާ އާއި ޖީތެންދުރަ ޖޯޝީ އާއި ސައީ ތަމްހާކަރާއި ސައްޔާމީ ކޭރާއި އުދިތު އަރޯރާގެ އިތުރުން ކަބީރު ޝާހެވެ. ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާން ނުކުރާ "އަގްނީ" ގެ ޓެގް ލައިނެއްގެ ގޮތުގައި ހިމަނާފައި ވަނީ "ކަރޭޖް، އޮނާ، ސެކްރިފައިސް" އެވެ.

މި ފިލްމުގެ ކާސްޓްގައި ހިމެނޭ ޕްތަރީކާއި ދިވްގެންޑޫ އަކީ މާޗް މަހުގެ ތެރޭގައި އެކްސެލް އިން ގެނެސްދިން ފިލްމު "މަގްދާއޯ އެކްސްޕްރެސް" ގައި ވެސް މުހިއްމު ރޯލުތަކެއް ކުޅުނު ދެ އެކްޓަރުންނެވެ.

"އަގްނީ" އިއްޔެ އިއުލާންކުރީ ޕްރަތީކްގެ ފަސްޓްލުކް ޕޯސްޓަރާ އެކީގަ އެވެ.

މީގެ ޑައިރެކްޓަރު އަދި ނެޝަނަލް އެވޯޑް ހޯދާފައިވާ ދޮލާކިއާ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ލަމްހާ"، "މުމްބާއީ ކަޓިން"، "ޕަރުޒާނިއާ" އަދި "ކެހެތާ ހޭ ދިލް ބާރު ބާރު" ހިމެނެ އެވެ.

The post އަލިފާން ނިއްވާ މީހުންނަށް ބިނާކޮށް ފިލްމެއް appeared first on adduLIVE.



More from adduLive