"މެޓްރޯ 2" ގެ ތާރީހު އަނެއްކާ ވެސް ބަދަލުވެއްޖެ

Fri, 19 Apr 2024 10:45 AM

View on this article on adduLive

"މެޓްރޯ 2" ގެ ތާރީހު އަނެއްކާ ވެސް ބަދަލުވެއްޖެ

ކުރިން މިދިޔަ އަހަރު ރިލީޒްކުރާ ގޮތަށް އިއުލާންކޮށް، ފަހުން މި އަހަރަށް ފަސްކުރި ޑައިރެކްޓަރު އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމު "މެޓްރޯ: އިން ދިނޯ" ގެނެސްދޭ ތާރީހު އަނެއްކާ ފަސްކޮށްފި އެވެ.



ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު 8 އަށް ޕްލޭންކުރި ފިލްމު މި އަހަރަށް ފަސްކޮށް، ކަނޑައެޅި އާ ތާރީހަކީ މާޗް 29 އެވެ. ނަމަވެސް އެ ތާރީހު ފަހަނަޅައިދިޔަތާ މަހެއްހާ ދުވަސް ފަހުން މިއަދު ބުނީ ފިލްމި ބެލުންތެރިންނަށް ގެނެސްދޭނީ މި އަހަރުގެ ނޮވެމްބަރު 29 ގައި ކަމަށެވެ.

"މެޓްރޯ: އިން ދިނޯ" އަކީ ބޮޑު ކާސްޓަކާ އެކީ އަނޫރާގް 2007 ގައި ގެނެސްދިން "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް އެވެ. ކުރީ ބައެެއް ކާސްޓުން ވެސް ހިމެނޭ ގޮތަށް ދެވަނަ ބައި ގެނެސްދޭ އިރު، އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކީ ކޮންކޮނާ ސެން ޝަރުމާ އެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ދެވަނަ ބައިގެ މައިގަނޑު ކާސްޓްގައި ދެން ހިމެނެނީ އަދިތިޔާ ރޯއި ކަޕޫރް، ސާރާ އަލީ ޚާން، ފާތިމާ ސަނާ ޝެއިހް، އަނޫޕަމް ކޭރް، އަލީ ފަޒަލް އަދި ނީނާ ގުޕްތާ އެވެ.

ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު "ލައިފް އިން އަ…މެޓްރޯ" ގެ ކާސްޓަށް ބަލާ އިރު، ކޮންކޮނާ، ޝިލްޕާ ޝެޓީ، ޝައިނީ އަހޫޖާ، ކަންގަނާ ރަނާވަތު، އިރުފާން ޚާން، ކޭކޭ މެނަން، ދަރުމެންދުރާ، ނަފީސާ އަލީ އަދި ޝަރުމަން ޖޯޝީ ހިމެނެ އެވެ.

"މާޑާ" އާއި "ބަރްފީ" އަދި "ގޭންގްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގް އެންމެ ފަހުން ވެސް ބެލުންތެރިންނަށް ގެނެސްދިނީ އެންތޮލޮޖީއެކެވެ. އެއީ 2020 ގެ "ލޫޑޯ" އެވެ.

"މެޓްރޯ: އިން ދިނޯ" އަށް ފަހު، އޭނަ ޑައިރެކްޓްކުރަން އޮތް ފިލްމަކީ ކާތިކް އާރިއަނާ އެކީ ހަދަން ހަމަޖެހިފައިވާ "އާޝިގީ 3" އެވެ.

The post "މެޓްރޯ 2" ގެ ތާރީހު އަނެއްކާ ވެސް ބަދަލުވެއްޖެ appeared first on adduLIVE.



More from adduLive