ޗައިނާ އިން އާ، ބިޔަ މަނަވަރެއް ބާލައިފި

Thu, 02 May 2024 11:41 AM

View on this article on adduLive

ޗައިނާ އިން އާ، ބިޔަ މަނަވަރެއް ބާލައިފި

އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުން ކުރާ މަތިންދާބޯޓްތަކަށް ހާއްސަ އެންމެ ޒަމާނީ އަދި އެންމެ ބޮޑު މަނަވަރު ޗައިނާ އިން ކަނޑަށް ބާލައިފި އެވެ.



އެ ގައުމުގެ އަސްކަރިއްޔާ އިން އިއްޔެ ބޭލި އުޅަނދުގެ ނަމަކީ "ފުޖިއަން" އެވެ. މީގެ ޓެސްޓް ދަތުރުތަކެއް އިއްޔެ ފަށާފައި އިރު، ކުރިއަށް އޮތް ތަނުގައި މި މަނަވަރު ޗައިނާގެ އަސްކަރީ އެކިއެކި ކަނޑުގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރާނެ އެވެ.
ޝަންހާއީގެ މެރިޓައިމް ސޭފްޓީ އެޑްމިނިސްޓްރޭޝަން (އެމްއެސްއޭ) އިން ބުނީ "ފުޖިއަން" އަކީ ހަ އަހަރުގެ ދުވަހުގެ މަސައްކަތް ކަމަށާއި މިއީ ޗައިނާގެ ކަނޑުގެ އަސްކަރީ އޮޕަރޭޝްންތަކަށް އިންގިލާބީ ބަދަލުތަކެއް ގެނުވައި ދޭނެ އުޅަނދެއް ކަމަށެވެ.

"ފުޖިއަން" އަކީ 80،000 މެޓްރިކް ޓަނުގެ އުޅަނދަކެވެ. ޗައިނާގައި މިހާރު ވެސް އަންނަނީ 66،000 އާއި 60،000 މެޓްރިކް ޓަނުގެ ދެ މަނަވަރުތަކެއް ބޭނުން ކުރަމުންނެވެ. އެއީ "ޝަންޑޮންގް" އާއި "ލިއޮނިންގް" އެވެ.

މިހާރު ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ މަނަރަކީ އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުން ކުރަމުން އަންނަ 100،000 ޓަނުގެ "ޖެރާލްޑް އާރް ފޯޑް" އެވެ.

The post ޗައިނާ އިން އާ، ބިޔަ މަނަވަރެއް ބާލައިފި appeared first on adduLIVE.



More from adduLive