ލޯންޗެއްގައި އެކަނި މާލެ އައި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފި

Thu, 02 May 2024 12:12 PM

View on this article on adduLive

ލޯންޗެއްގައި އެކަނި މާލެ އައި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފި

ލޯންޗެއް ވަގަށް ނަގައިގެން އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖާ ހޯދާ އާއިލާއާ ހަވާލުކޮށްފިއެވެ.



މ. ދިއްގަރުގައި އޮތް ލޯންޗެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނެފައިވަނީ އެ ލޯންޗް ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް ކައިރިން ފަޅުގައި އޮށްވާ ފެނިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ލޯންޗްގައި މާލެ އައިސްފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މިހާރު އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެއިތުރުން އިއްޔެގެ ވަގުތެއްގައި ހުޅުމާލެ ފޭސް2 އިން 13 އަހަރުގެ އަންހެން ކުއްޖެއްވެސް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. ފުލުހުން ބުނެފައިވަނީ އެ ކުއްޖާ ވެސް ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

The post ލޯންޗެއްގައި އެކަނި މާލެ އައި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފި appeared first on adduLIVE.



More from adduLive