ސަނީގެ އާ ފިލްމު ޖެނުއަރީގައި

Thu, 02 May 2024 12:03 PM

View on this article on adduLive

ސަނީގެ އާ ފިލްމު ޖެނުއަރީގައި

މިދިޔަ އަހަރުގެ "ގަދަރު 2" އަށް ބޮޑު ކާމިޔާބީ އަށް ފަހު ސަނީ ޑިއޯލް މިހާރު ކުޅެމުުން އަންނަ ފިލްމު "ލާހޯރް، 1947" އަންނަ އަހަރުހެ ޖެނުއަރީ މަހު ރިލީޒްކުަން އަމާޒު ހިފައިފި އެވެ.



ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ މި ވަތަނީ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ޕްލޭން ކުރަނީ ޖެނުއަރީ 26 ގައި ފާހަގަކުރާ އިންޑިއާހެ ޖުމްހޫރީ ދުވަހު ކަމަށެވެ. ނަމަވެސް ފިލްމުގެ ޓީމުން އަދި އެކަން ރަސްމީކޮށް ކަށަވަރުކޮށއް ނުދެ އެވެ.

"ލާހޯރް، 1947" އަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން ސަންތޯޝީއާ އެކީ ސަނީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ، އެ ދެ މީހުން އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ގާޔަލް" އާއި "ގަތަކު" އަދި "ދާމިނީ" ހިމެނެ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލާހޯތރް، 1947" ގެ ބަތަލާ އަކީ ގިނަ ދުވަސްތަކެއް ފަހުން އެނބުރި އަންނަ ކުރީގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަބާނާ އާޒްމީ، އަލީ ފަޒަލްގެ އިތުރުން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް ހިމެނެ އެވެ. އަދި ހާއްސަ ފެނިލުމަކުން އާމިރު ވެސް ފެންނާނެ އެވެ.

ސަނީގެ "ގަދަރު 2" އަކީ ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ހިޓެވެ. އެހެންވެ "ލާހޯރް، 1947" އަށް ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ.

The post ސަނީގެ އާ ފިލްމު ޖެނުއަރީގައި appeared first on adduLIVE.



More from adduLive