20 އަހަރު ފަހުން ސިންގަޕޫރަށް އާ ބޮޑުވަޒީރެއް

Tue, 16 Apr 2024 09:41 AM

View on this article on adduLive

20 އަހަރު ފަހުން ސިންގަޕޫރަށް އާ ބޮޑުވަޒީރެއް

ވިހި އަހަރު ފަހުން ސިންގަޕޫރުގައި އާ ބޭފުޅަު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.



އަންނަ މަހުގެ 15 ގައި އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރު ޑެޕިއުޓީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ލޯރެންސް ވޮންގް އެވެ. އޭނަ ސިންގަޕޫރްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވަނީ މިހާރުގެ ބޮޑުވަޒީރު ލީ ސީއެން ލޫންގް އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެންނެވެ.

އެކަން އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި އިއުލާން ކުރައްވައިފަ އެވެ. މިހާރު އުމުރުން 72 އަހަރުގެ ލީ ސިންގަޕޫރްގެ ތިން ވަނަ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ 2004 ގަ އެވެ.

އަލަށް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ވޮންގް، 51، ސިޔާސީ ދާއިރާ އަށް ނުކުންނެވީ 2011 ގަ އެވެ.

ގައުމު ހިންގެވުމުގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގަންނަވަން ފުރުސަތު ލިބުމާ ގުޅިގެން ވޮންގް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މިއީ ކުރިން ދުވަހަކު ވެސް އުންމީދުކުރި ކަމެއް ނޫން ކަމަށެވެ. އެކަމަކު ގައުމު ހިންގުމުގެ ޒިންމާއާ ހަވާލުވެވަޑައިގަންނަވަން އެެއްބަސްވެވަޑައިގެންނެވީ އެއީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ލިބޭ ވަރަށް ބޮޑު ފުރުސަތަކަށްވާތީ ކަމަށެވެ.

އެހެންވެ ވީ އެންމެ ރަނގަޅަކަށް މަސްއޫލިއްޔަތު އަދާކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.

ގިނަ އަހަރުތަކެއް ފަހުން ސިންގަޕޫރުން އާ ބޮޑުވަޒީރަކާ ގައުމުން ހިންގަން ހަވާލުކުރާ އިރު، އެ ގައުމަކީ އޭޝިއާގެ އެންމެ ކުރިއަރާފައިވާ އަދި ސިޔާސީ ހަމަޖެހުން އެންމެ ބޮޑު އެއް ގައުމެވެ.

The post 20 އަހަރު ފަހުން ސިންގަޕޫރަށް އާ ބޮޑުވަޒީރެއް appeared first on adduLIVE.



More from adduLive