"ލަޔަން ކިންގް" ގެ ޕްރީކްއެލްގެ ޓްރެއިލާ ދައްކާލައިފި

Mon, 29 Apr 2024 09:35 PM

View on this article on adduLive

"ލަޔަން ކިންގް" ގެ ޕްރީކްއެލްގެ ޓްރެއިލާ ދައްކާލައިފި

މީގެ ހަތަރު ކުރިން ގެނެސްދިން "ލަޔަން ކިންގް" ގެ ލައިވް-އެކްޝަން ފިލްމުގެ ޕްރީކްއެލް "މުފާސާ" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.



މި އަހަރުގެ ޑިސެމްބަރު 20 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމު ޑައިރެކްޓްކުރީ ބެރީ ޖެންކިންސް އެވެ. "މުފާސާ: ދަ ލަޔަން ކިންގް" އަށް ވެސް މަޝްހޫރު ގިނަ ތަރިންތަކެއް އަޑު އަޅައި ދީފައިވެ އެވެ. މީގައި ދައްކުވައި ދޭނީ ކުރީގެ ފިލްމު ހާދިސާތަކުގެ ކުރިން މުފާސާގެ ދިރިއުޅުން ބައްޓަންވަމުން އައި ގޮތެވެ. ފިލްމުގެ ޓްރެއިލާ އިން ފެންނަ ގޮތުގައި ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހޯދާނެ ފިލްމަކަށް ވާނެ އެވެ.

ދެހާސް ނަވާރައުގައި ގެނެސްދިން "ދަ ލަޔަން ކިންގް" އަކީ ބޮކްސް އޮފީހުގައި 1.663 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ޖޮން ފެވަރޯ ޑައިރެކްޓްކުރި ފިލްމު ހަދާފައި ވަނީ 260 މިލިއަން ޑޮލަރުގެ ބަޖޓަކުންނެވެ.

މި ފިލްމީ ޑިޒްނީން 1994 ގައި ގެނެސްދިން އެނިމޭޓެޑް ފިލްމުގެ ރިމޭކެކެވެ.

The post "ލަޔަން ކިންގް" ގެ ޕްރީކްއެލްގެ ޓްރެއިލާ ދައްކާލައިފި appeared first on adduLIVE.



More from adduLive