ހުޅުމާލޭ ފޭސް އެކެއްގައި މިރޭ މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނީ ފޭސް އެކެއްގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް މިރޭ 9 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މި މާރާމާރީ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
The post ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް، ދެ މީހަކަށް އަނިޔާވެއްޖެ appeared first on adduLIVE.