މަހުން މަހަށް ބަހާލައިގެން މިހާރު ފެން ބިލް ދެއްކޭނެ

Fri, 29 Mar 2024 06:55 PM

View on this article on adduLive

މަހުން މަހަށް ބަހާލައިގެން މިހާރު ފެން ބިލް ދެއްކޭނެ

ނުދެއްކި ހުރި ފެން ބިލުތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސް ކުރުމަށް އެދޭ ކަސްޓަމަރުންނަށް އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.



ސަރުކާރުން ވަނީ ގޭބިސީތަކުގެ ފެންބިލާއި ކަރަންޓް ބިލު ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް މިދިޔަ އާދީއްތަ ދުވަހު ނިންމައިފަ އެވެ.

އެ ނިންމުމާއެކު މިިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކުރުމަށް ނިންމި ނަމަވެސް، އެ ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތައް ދެއްކުމުންނެވެ. އެ ބިލުތައް ދެއްކުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ލިބޭނެ އެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއްބަސްވުމެއްގެ ދަށުން ނުދެއްކި ހުރި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

ނަމަވެސް އެފަދަ ކަސްޓަމަރުންނަށްވެސް ޖޫރިމަނާ މައާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

The post މަހުން މަހަށް ބަހާލައިގެން މިހާރު ފެން ބިލް ދެއްކޭނެ appeared first on adduLIVE.



More from adduLive