ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މިއަދު ވެސް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ މިރޭ 18:30 އިން ފެށިގެން 22:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވެސް ޔެލޯ އެލާޓް ނެރެފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން އިއްޔެ ރޭ އަައްޑު އަށް ބޯކޮށް ވާރޭ ވެހި، ގެއްލުންތަކެއްވެފައިވެ އެވެ.
The post އެންމެ ދެކުނަށް ވެސް ޔެލޯ އެލާޓް ނެރެފި appeared first on adduLIVE.