ހިމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ

Sun, 28 Apr 2024 09:57 PM

View on this article on adduLive

ހިމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ

އއ.ހިމަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.



ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ހިމަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިމިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. މި މަސައްކަތުގައި އެމްޑަބްލިއުއެސްސީ އާއި އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން ބައިވެރިވެފައިވެ އެވެ.

މި މަޝްރޫޢުގެ ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބަހައްޓާފައިވެ އެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 956 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމުކޮށްފައިވެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަގަކީ ޖުމްލަ 65,834,544.82 މިލިއަން ދިވެހި ރުފިޔާ އެވެ.

The post ހިމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ appeared first on adduLIVE.



More from adduLive