މުލިއާގޭ މަރާމާތުގެ ހަރަދު ތަފްސީލު ދޭން އަންގައިފި

Thu, 28 Mar 2024 09:54 PM

View on this article on adduLive

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މުލިއާގެ އަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެ ގެކޮޅަށް ކުރި ހަރަދުތަކުގެ ތަފްސީލުތައް ދޭން އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް)އިން ރައީސް އޮފީހަށް އަންގައިފި އެވެ.



މުލިއާގެ މަރާމާތު ކުރެވެގެން ރައީސްގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ، އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތުގަ އެވެ. ރައީސްގެ ދެކަނބަލުން މުލިއާގެ އަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މުލިއާގެ މަރާމާތައް ދިޔަ ހަރަދު ހޯދުމަށް "ދައުރު" ނޫހުގެ ފަރާތުން ހުށަހެޅުމުން ވެސް އެ މައުލޫމާތު ދީފައި ނުވުމުން އެންމެފަހުން އެ ނޫހުގެ ފަރާތުން ވަނީ އެ މައްސަލަ އައިކޮމް އަށް ހުށަހަޅާފަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މި މައުލޫމާތު ހޯދުމަށް ހުށަހެޅުމުން މައުލޫމާތު ފޯރުކޮށްދޭން އިތުރު 14 ދުވަހުގެ މުއްދަތެއް ދިނުމަށް ރައީސް އޮފީހުން އެދުނު ކަމަށާއި ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް އެ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

މި މައްސަލާގައި ހޯދަން އެދިފައިވާ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދޫނުކޮށް ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށް ކޮމިޝަނަރު ވަނީ ނިންމަވާފަ އެވެ. އަދި އެ މައުލޫމާތު ރަސްމީ ތިން ދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ރައީސް އޮފީހަށް ވަނީ އަންގާފަ އެވެ.



More from adduLive