ފުށިދިއްގަރުފަޅުގެ މަސައްކަތް ނުހުއްޓޭ: ސަރުކާރު

Sun, 28 Apr 2024 02:38 PM

View on this article on adduLive

ފުށިދިއްގަރުފަޅުގެ މަސައްކަތް ނުހުއްޓޭ: ސަރުކާރު

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅުގެ މަސައްކަތް ނުހުއްޓޭކަމަށް ސަރުކާރުން ބުނެފިއެވެ.



ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ފުށިދިއްގަރުފަޅުގެ މަސައްކަތާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ނުފެނުނު ނަމަވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އަދި އެ ތާރީހަށް މަސައްކަތް ނިމޭނެ ކަމަށެވެ. އެގޮތުން މިހާރުވެސް އެ މަސައްކަތުގެ އިދާރީ ކަންކަން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މާލެ ކައިރީގައި ތަރައްގީކުރަން ހަމަޖެހިފައިވާ ރަސްމާލެ މަޝްރޫއަށް ބިން ހިއްކަން ފެށީ މިދިޔަ ޑިސެމްބަރުގައެވެ. މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެއެވެ.

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ ސިޓީ އަކީ ޒީރޯ-ކާބަން ސިޓީއަކަށް ހެދުމަކީ އަމާޒެއް ކަމަށާއި އަދި އެ ތަން ތަރައްގީކުރާނީ "މޯލްޑިވްސް އީކޯ ސިޓީ" ގެ ގޮތުގައި ކަމަށް ވެސް ރައީސް މުއިއްޒު މީގެކުރިން ވިދާޅުވިއެވެ. އެގޮތުން އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއުހެ މަސައްކަތް އާބަންކޯގެ ދަށުން ކުރިއަށް ގެންދާ އިރު ބިން ހިއްކުމުގެ ބައި ކުރިއަށް ގެންދަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުނިންޏެވެ.

The post ފުށިދިއްގަރުފަޅުގެ މަސައްކަތް ނުހުއްޓޭ: ސަރުކާރު appeared first on adduLIVE.



More from adduLive