ނޫސްވެރިންނަށް ފޯނު ނުވެއްދޭ މައްސަލައިގައި އެމްޖޭއޭގެ ކަންބޮޑުވުން

Sun, 28 Apr 2024 03:28 PM

View on this article on adduLive

ނޫސްވެރިންނަށް ފޯނު ނުވެއްދޭ މައްސަލައިގައި އެމްޖޭއޭގެ ކަންބޮޑުވުން

ރައީސް އޮފީހުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުންތަކަށްދާ ނޫސްވެރިންނަށް ފޯނު ނުވެއްދޭ މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.



އެމްޖޭއޭއިން ބުނެފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމަށްދިޔަ ނޫސްވެރިންނަށް ފޯނު ނުވެއްދޭނެ ކަމަށް ފުރަތަމަ އެންގިކަމަށެވެ. އެހެންނަމަވެސް ފަހުން ނޫސްވެރިންނަށް ފޯނު ވެއްދުމުގެ ހުއްދަ ދިން ކަމަށެވެ.

ރައީސް އޮފީހުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުންތަކަށްދާ ނޫސްވެރިންނަށް މޯބައިލް ފޯނު ނުވެއްދޭ މައްސަލައިގައި ކަންބޮޑުވުން ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ.

އެމްޖޭއޭއިން ބުނެފައިވަނީ އެ ނިންމުމަކީ ސަލާމަތީ ސަބަބުތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތަކަށްދާ ނޫސްވެރިންނަށް މޯބައިލް ފޯނު ވެއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ.

މިނިސްޓަރުން ފިޔަވައި ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ދާ އެއްވެސް ބަޔަކު މޮބައިލް ފޯނު ވެއްދުން މަނާކޮށްފައިވާފައިވަނީ މީގެ ދެމަހެއް ކުރިންނެވެ.

The post ނޫސްވެރިންނަށް ފޯނު ނުވެއްދޭ މައްސަލައިގައި އެމްޖޭއޭގެ ކަންބޮޑުވުން appeared first on adduLIVE.



More from adduLive