ބުޅާ ފެސިލިޓީގެ ބިންގާ އަޅައިފި

Thu, 28 Mar 2024 09:53 PM

View on this article on adduLive

ބުޅާ ފެސިލިޓީގެ ބިންގާ އަޅައިފި

ހުޅުމާލޭގައި ހަދަން ނިންމާފައިވާ ބުޅާ ފެސިލިޓީގެ ބިންގާ މިއަދު އަޅައިފި އެވެ.



ހުޅުމާލޭ ފޭސް ދޭއެއްގައި އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

ޕެޓް ކެއާ ފެސިލިޓީ އަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގަ އާއި އަދި އެ ނޫންވެސް ޢާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ހަދާ ފެސިލިޓީއެކެވެ.

އެ ތަނުގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަޙައްދަކާއި، ކްލިނިކަކާއި، ފާމަސީ އާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ އެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށް ވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެ އެވެ.

The post ބުޅާ ފެސިލިޓީގެ ބިންގާ އަޅައިފި appeared first on adduLIVE.



More from adduLive