ގާޒާ އަށް އެހީވާން އިނގިރޭސި ސިފައިންގެ ޓީމެއް

Sat, 27 Apr 2024 05:47 PM

View on this article on adduLive

ގާޒާ އަށް އެހީވާން އިނގިރޭސި ސިފައިންގެ ޓީމެއް

ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދޭން އިނގިރޭސިވިލާތުގެ ސިފައިންގެ ޓީމެއް އެ ގައުމުގައި ހަރަކާތްތެރިވާ ގޮތށްަ ނިންމައިފި އެވެ.



އެގޮތުން އެ ޓީމް ގާޒާގައި ޑިޕްލޯއި ކުރަން ނިންމާފައި ވަނީ ގާޒާ އަށް އެހީ ފޯރުކޮށް ދޭން ހުރި މަގުތަކަށް އިޒްރޭލުން ދޭން ނިންމާފައިވާ ލުއިތަކާ ގުޅިގެންނެވެ. އަދި އިނގިރޭސި ސިފައިންގެ ޓީމް މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވާނީ ކަނޑުމަގުން ގާޒާ އަށް ފޮނުވާ އެހީތައް ފޯރުކޮށް ދިނުމަށެވެ.

މިކަމާ ގުޅޭ ގޮތުން އިނގިރޭސި ޑިފެންސް ސެކްރެޓަރީ ގްރާންޓް ޝެޕްސް ވިދާޅުވީ އެ ގައުމުގެ އަމާޒަކީ ގާޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި އިސް ދައުރެއް އަދާކުރަން ކަމަށެވެ. އެގޮތުން އެމެރިކާ އާއި އެ ނޫން ވެސް ގައުމުތަކާ އެކީ މިކަމުގައި ގާތުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އިޒްރޭލުގެ ޑިފެންސް މިނިސްޓްރީ އާއި އަސްކަރިއްޔާ އިން ވަނީ އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ގަތުލުއާންމު ހިންގަމުންދާ އިރު، އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށް ދޭން އެތައް ހުރަސްތަކެއް އަޅައި، އެފަދަ މަސައްކަތްތަކުގައި އުޅޭ އދ އާއި އެ ނޫން ވެސް ޖަމާއަތްތަކުގެ މީހުންނަށް ހަމަލާދީ މަރާ ވެސް ލައިފައިވެ އެވެ.

ގާޒާ އަށް އެހީ ފޯރުކޮށް ދޭން އަނިޔާވެރި ޔަހޫދީން ހުރަސް އެޅުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖެހި، އެކަމުގެ ސަބަބުން ވެސް އެތައް ސަތޭކަ ކުދިންނެއް ދުނިޔެ ދޫކޮށްފައިވެ އެވެ. އިިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 40،000 އެއްހާ މީހުން ޝަހީދުކޮށް، 1.7 މިލިއަން މީހުން މަގުމަތިކޮށްފައިވެ އެވެ.

The post ގާޒާ އަށް އެހީވާން އިނގިރޭސި ސިފައިންގެ ޓީމެއް appeared first on adduLIVE.



More from adduLive