ކުޑަކުދިން ދުވަސް ފާހަގަ ކުރަން ފެސްޓިވަލެއް

Fri, 10 May 2024 11:19 AM

View on this article on adduLive

ކުޑަކުދިން ދުވަސް ފާހަގަ ކުރަން ފެސްޓިވަލެއް

މިއަދު ފާހަގަކުރާ މި އަހަރު ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން "އުފާ ފެސްޓިވަލް" ގެ ނަމުގައި ހުޅުމާލޭގައި ދެ ދުވަހުގެ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.



ފެމިލީ މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް އެޗްޑީސީ ގުޅިގެން ބާއްވާ ފެސްޓިވަލް ކުރިއަށް ދާނީ މިއަދާއި މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. އެގޮތުން "އުފާ ފެސްޓިވަލް" ކުރިއަށްދާނީ ދެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަދި އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ، މަޖާ ކުރެވޭގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ. ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނޭނެ އެވެ.

މި ފެސްޓިވަލުގައި އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ އުރީދޫގެ ފަރާތުން ބާއްވާ ފެންކުޅި އަދި ފޯމް ޕާޓީ އެވެ. އަމިއްލަ ފެންބަޑި ހިފައިގެން އައިސް 11 ވަނަ ދުވަހު ހަވީރު އެ މަޖަލުގައި ހުރިހާ ކުދިންނަށް ވެސް ބައިވެރިވެވޭނެ އެވެ.

ފެސްޓިވަލުގަ=ެ ތެރެއިން މާދަމާ ރޭ 8:00 ގައި މޫވީ ނައިޓެއް ވެސް އޮންނާނެ އެވެ. މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައި ވަނީ "ވުޑީ ވުޑްޕެކަ ގޯޒް ޓު ކޭމްޕް" އެވެ.

The post ކުޑަކުދިން ދުވަސް ފާހަގަ ކުރަން ފެސްޓިވަލެއް appeared first on adduLIVE.



More from adduLive