އަހާންގެ "ސާންކީ" ގެ ޝޫޓިން ޖޫންގައި ފަށަނީ

Fri, 10 May 2024 11:00 AM

View on this article on adduLive

އަހާންގެ "ސާންކީ" ގެ ޝޫޓިން ޖޫންގައި ފަށަނީ

މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ސޮއިކުރި ދެވަނަ ފިލްމު "ސާންކީ" ގެ ޝޫޓިން އަންނަ މަހުފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.



ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މުމްބާއީގައި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ އިރު، އަންނަ މަހުގެ 6 އިން ފެށިގެން ހަފުތާއަކަށް މުމްބާއީގައި ޝޫޓްކުރުމަށް ފަހު، ފިލްމުގެ ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ "ގޯއާ" އަށް ކަމަށެވެ.

ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ސާންކީ" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އަދުނާނު ޝެއިހާއި ޔާސިރު ޖާ ޑައިރެކްޓްކުރާ ފިލްމެވެ. ސާޖިދަކީ އަހާން ބޮލީވުޑަށް ނެރުނު 2021 ގެ "ތަޅަޕް" ގެ ވެސް ޕްރޮޑިއުސަރެވެ. ސުނިލްގެ ހަގު ދަރިފުޅު، އަހާން، 28، ގެ ދެވަނަ ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ، 33، އެވެ.

"ދަ ޑާޠީ ޕިކްޗާ" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އަދި "ކިކް" ފަދަ ކާމިޔާބު ފިލްމުތަކުގެ ސްކްރީން ރައިޓަރު ރަޖަތު އަރޯރާގެ ސްކްރީންޕްލޭއަކަށް ހަދާ "ސާންކީ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްއަރީ 14 ގަ އެވެ. މި ފިލްމު އިއުލާންކުރީ މިދިޔަ މާވް މަހުގެ 9 ގަ އެވެ.

The post އަހާންގެ "ސާންކީ" ގެ ޝޫޓިން ޖޫންގައި ފަށަނީ appeared first on adduLIVE.



More from adduLive