ސައުދީން މިސް ޔުނިވާސްގައި ވާދަކުރަނީ

Thu, 28 Mar 2024 09:43 PM

View on this article on adduLive

ސައުދީން މިސް ޔުނިވާސްގައި ވާދަކުރަނީ

ސައުދީ އަރަބިއްޔާ އިން މުޅިން އަލަށް މިސް ޔުނިވާސް މުބާރާތުގައި ވާދަކުރަން ނިންމައިފި އެވެ.



މި އަހަރުގެ ސެޕްޓެމްބަރު 18 ގައި މެކްސިކޯގައި ބާއްވާ މުބާރާތުގައި އެ ގައުމު ތަމްސީލުކުރާނީ ސޯޝަލް މީޑިއާ ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި އާންމުންގެ މެދުގައި ސަމާލުކަން ހޯދާފައިވާ މޮޑެލް ރޫމީ އަލްގަހްތާނީ، 27، އެވެ. އޭނަ އަކީ މިސް ސައުދީ އަރަބިއްޔާގެ ޓައިޓްލްގެ އިތުރުން މިސް މިޑްލްއީސްޓްގެ ޓައިޓްލް ވެސް ހާސިލުކޮށްފައިވާ މޮޑެލްއެކެވެ. މީގެ އިތުރުން 2021 ގައި ރޫމީ އަށް މިސް އަރަބް ވޯލްޑް ޕީސްގެ ޓައިޓްލް ވެސް ލިބިފައިވެ އެވެ.

ސައުދީން އަލަށް މިސް ޔުނިވާސް މުބާރާތުގައި ވާދަކުރާ އިރު، އެ ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ލިބިފައިވާތީ ރޫމީ ވަނީ އެކަމުގެ އުފާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

މިސް ޔުނިވާސް މުބާރާތަކީ މިސް ވޯލްޑް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތެވެ. މި މުބާރާތުގައި ގަލްފްގެ ގައުމަކުން ދެވަނަ އަށް ވާދަކުރާ ގައުމަކަށް ސައުދީވެގެން ދިިޔަ އިރު، މިދިޔަ އަހަރުގެ މުބާރާތުގައި ބަހްރެއިނުން ވާދަކޮށްފައިވެ އެވެ.

މި އަހަރުގެ ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި އަލަށް އިރާން ވެސް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

The post ސައުދީން މިސް ޔުނިވާސްގައި ވާދަކުރަނީ appeared first on adduLIVE.



More from adduLive