ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން ދެނީ

Sat, 27 Apr 2024 07:42 PM

View on this article on adduLive

ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން ދެނީ

ދިގު މުއްދަތަށް ޚިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފައިވާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.



ސިފައިންގެ 70ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމަށް މިއަދި ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޣައްސާން ވިދާޅުވީ ސިފައިންގެ ބޭކަލުން ހިދުމަތުން ރިޓަޔާކުރުމަށްފަހު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ކަށްވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަން ކަށަވަރުކޮށްދިނުމަށް ރައީސް ނިންމެވުމެއް ނިންމަވާފައިވާ ކަމަށެވެ.

"އެކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ނިންމަވައިފައިި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވާނެ ގޮތެއް ހަމަޖައްސަވައިދެއްވަން،" ޣައްސާން ވިދާޅުވި އެވެ.

ސިފައިންގެ ހިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ ރައީސް މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމަށާއި އެގޮތުން އެއްގަމާއިި ކަނޑުގައި ބޭނުންކުރާ ވަސީލަތްތަކާއި ހަތިޔާރުތައް ހޯދައިދިނުމުގެ އިތުރުން ފަރުދީ ގޮތުން ބޭނުންވާ ކަންކަން ވެސް ޙާސިލްކޮށްދިނުމަށް ރައީސް ބޭނުންފުޅުވާ ކަމަށް ޣައްސާން ވިދާޅުވި އެވެ. އަދި ސްކޫލް ނިންމުމަށްފަހު އަލަށް ސިފައިންގެ އަށް ވަންނަ ކުދިންނަށް އެކި ދާއިރާތަކުން ކިޔަވާދިނުމަކީވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅެއް ކަމަށް ވިދާޅުވި އެވެ.

"ސްކޫލު ދައުރު ނިންމަވާ އެހެން ޒުވާނުން ވެސް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް، މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުން ކުދިން މެޑިސިން ހަދަން، ސްކޮލަޝިޕްގެ ފުރުސަތުތައް ދިވެހި ސިފައިންނަށް ހޯއްދަވައިދެއްވަން ރައީީސުލްޖުމްހޫރިއްޔާ ވަނީ މަސައްކަތްޕުޅު ފައްޓަވައިފައި،" ދިފާއީ ވަޒީރު ވިދާޅުވި އެވެ.

The post ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން ދެނީ appeared first on adduLIVE.



More from adduLive