ހިއްކި ބިންތަކުގެ ބިނާވެށި 3 މަސް ދުވަހުގެ ތެރޭ ހަދަން ހަވާލުކޮށްފި

Thu, 28 Mar 2024 05:21 PM

View on this article on adduLive

ހިއްކި ބިންތަކުގެ ބިނާވެށި 3 މަސް ދުވަހުގެ ތެރޭ ހަދަން ހަވާލުކޮށްފި

އައްޑޫސިޓީން އަލަށް ހިއްކައި ނިމިފައިވާ ބިންތަކުގެ ބިނާވެށި ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން 3 މަސް ދުވަހުގެ ތެރޭގައި ހަދައި ނިންމުމަށް އައްޑޫސިޓީ ކައުންސިލުން ބަޔަކާއި ހަވާލުކޮށްފިއެވެ.



އައްޑޫސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމީއްޔާތާތެއްގައި މި ޕްލޭން ހެދުމަށް ހަވާލުކޮށްފައިވަނީ ޝެރެޓް ސްޓޫޑިއޯ ކިޔާ ކުންފުންޏަކާއެވެ. މި އެއްބަސްވުމުގައި އައްޑޫސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އަލީ ނިޒާރު އެވެ. މި އެއްބަސްވުމުގެ ދަށުން ހިތަދޫން ހިއްކާފައިވާ 90 ހެކްޓަރުގެ ބިމާއި މަރަދޫ އަދި މަރަދޫފޭދޫ ހިމަނޭހެން ހިއްކާފައިވާ 76 ހެކްޓަރު ބިން ބޭނުން ކުރާނެ ގޮތުގެ ބިނާވެށި ޕްލޭން ތައްޔާރު ކުރާނެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މޭޔަރ އަލީ ނިޒާރު އީއްޔެ ބޭއްވި ކައުންސިލް ޖަލްސާގައި ވިދާޅުވީ، ކައުންސިލުން މި މަސައްކަތް އެ ފަރާތާއި ހަވާލު ކުރާއިރު، މި މަސައްކަތް 3 މަސް ދުވަހުގެ ތެރޭ ނިންމައި ދޭނެ ކަމުގެ ޔަޤީންކަން އެ ފަރާތުން އަރުވާފައިވާ ކަމަށެވެ. އަދި މިމަސައްކަތް ނިމުނުހާ އަވަހަށް ބިންތަކުން ގޯތި ދޫކުރުމުގެ ކަންކަންވެސް ފެށިގެން ދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވި ގޮތުގައި މިމަސައްކަތް ނުނިމެނީސް ބިން ދޫކުރަން ފަސޭހަ ނަމަވެސް އޭގެ އެންމެ ރަނގަޅު ގޮތަކީ މިހާރު އިއުލާންކޮށްފައިވާ ވަރަށް ވުރެ އިތުރަށްވެސް ބިން ދެވޭނެހެން މި ޕްލޭން ނިންމައިގެން ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ކުރީކޮޅު އިއުލާންކޮށްގެން އައްޑޫއިން ގޯތި ދިނުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ރަށު ތެރެއިން ދޫކުރެވެން ހުރި 1000 ގޯތި ދިނުމުގެ ކަންކަން ކައުންސިލުން މިހާރު ނިންމާލާފައިވާއިރު، ފައިނަލް ލިސްޓުގައި ބާކީ ތިބި އެންމެންނަށްވެސް ގޯތި ދޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ލިސްޓުގައި 3182 ފަރާތެއް ހިމެނޭއިރު، ބާކީ ތިބި ފަރާތްތަކަށް ބިން ދޭން ނިންމާފައިވަނީ ހިއްކި ބިންތަކުން ކަމަށް ކައުންސިލުން ބުނެއެވެ.

The post ހިއްކި ބިންތަކުގެ ބިނާވެށި 3 މަސް ދުވަހުގެ ތެރޭ ހަދަން ހަވާލުކޮށްފި appeared first on adduLIVE.



More from adduLive