ގޯވިންދާ އިންތިހާބުގައި ވާދަކުރަނީ

Thu, 28 Mar 2024 05:06 PM

View on this article on adduLive

ގޯވިންދާ އިންތިހާބުގައި ވާދަކުރަނީ

މިހާރު ކުޅޭނެ ފިލްމެއް ނުލިބޭ ބޮލީވުޑްގެ ކުރީގެ އެކްޓަރު ގޯވިންދާ އަންނަ މަހު އިންޑިއާގައި ބާއްވާ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.



މީޑިއާތަކުން ބުނީ އޭނަ އަލުން ސިޔާސީ މަސައްކަތަށް ނުކުނަން ނިންމީ އިންޑިއާގެ އިދިކޮޅު ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޝިވް ސެނާއާ އެކީގައި ކަމަށެވެ. އެ ޕާޓީގެ އިސްވެރިންނާ ވެސް ގޯވިންދާ މިއަދު ބައްދަލުކޮށްފައިވާ އިރު، އަންނަ މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އިންތިހާބުގައި ވާދަކުރަން ޝިވް ސެނާގެ ފަރާތުން ދައުވަތު ދީފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެގޮތުން ގޯވިންދާ ވާދަކުރާނެ ކަމަށް ބެލެވެނީ މުމްބާއީ ނޯތު-ވެސްޓް ދާއިރާށެވެ. ނަމަވެސް މިކަން އަދި ގޯވިންދާ އާއި ޝިވް ސެނާގެ ފަރާތުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ލޯކް ސަބާގެ އިންތިހާބު ފަށަން ހަަޖެހިފައި ވަނީ އަންނަ މަހުގެ 19 ގަ އެވެ. މި އިންތިހާބު ޖޫން 1 އާ ހަމައައަށް ކުރިއަށް ދާނެ އެވެ.

މީޑިއާތަކުން ބުނީ ސިޔާސީ މަސައްކަތްތަށް ގޯވިންދާ އަލުން ނުކުންނަން ނިންމީ ޝިވް ސެނާގެ ލީޑަރު އަދި މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އޭކްނަތު ޝިންޑޭގެ ލަފާގެ މަތިން ކަމަށެވެ.

ގޯވިންދާ އަކީ ކުރިން ވެސް ލޯކް ސަބާގެ މެމްބަރުކަންކޮށްފައިވާ ތަރިއެކެވެ. އޭނަ ކޮންގްރެސް މެމްބަރެއްގެ ގޮތުގައި ލޯކް ސަބާގައި މަސައްކަތްކުރީ 2004-2009 އަށެވެ. އޭގެ ފަހުން ގޯވިންދާ ކޮންގްރެސް އިން ވަކިވެ، ސިޔާސީ މަސައްކަތްތަކާ ވެސް ދުރަށް ދިޔަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 60 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ރަންގީލާ ރާޖާ" އެވެ.



More from adduLive