މިއީ ކާތިކާއި ކިއާރާގެ ލޯބީގެ ވާހަކައެއް

Mon, 05 Jun 2023 11:44 AM

View on this article on adduLive

މިއީ ކާތިކާއި ކިއާރާގެ ލޯބީގެ ވާހަކައެއް

ކާތިކް އާރިއަނާއި ކިއާރާ އަދުވާނީގެ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މިއުޒިކަލް ރޮމޭންސް ޑްރާމާ "ސަތިއަޕްރޭމް ކީ ކާތާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 2" އަށް ފަހު، ކާތިކާއި ކިއާރާގެ ޖޯޑު ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލުކުރާ ދެވަނަ ފިލްމެވެ. "ސަތިއަޕްރޭމް ކީ ކާތާ" އަކީ ބެކުންތެރިން ހެއްވާލައި، ރޮއްވާލައި އަދި ވަރަށް ޖަޒުބާތީ ހަނދާންތަކެއް ވެސް ރައްކާކޮށްދޭނެ ކަހަލަ ފިލްމަކަށް ވާނެ އެވެ. ޓްރެއިލާ އިން މި ފިލްމަކީ ވަރަށް ރީތި ފިލްމަކަށް ވާނެކަމުގެ ކުލަވަރު ބޮޑެވެ.

"ސަތިއަޕްރޭމް ކީ ކާތާ" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ސަމީރު ވިދުވަންސް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

The post މިއީ ކާތިކާއި ކިއާރާގެ ލޯބީގެ ވާހަކައެއް appeared first on adduLIVE.



More from adduLive