ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްލާނަން: ފައިސަލް

Fri, 26 Apr 2024 08:05 PM

View on this article on adduLive

ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްލާނަން: ފައިސަލް

މި ވެރިކަމުގައި ލ. އަތޮޅު ފޮނަދުއާއި ގަން، ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެެވެ.



މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި ބޮޑު ވެހިކަލް ބުރަށް ފަހު ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އޭނާ ދެން އެންމެ ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާތަން ކަމަށެވެ.

"އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،" ފައިސަލް ވިދާޅުވި އެވެ.

އެ ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްގީގެ ހުރިހާ ކަމެއް މި ސަރުކާރުގައި ގާއިމުކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަރައްގީވެފައި އޮތް ސިޓީ އަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް މުއިއްޒުގެ މި ސަރުކާރުގައި،" ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހިސާބަށް އައިސްފައި ކަމަށާއި އެކަން ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

The post ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްލާނަން: ފައިސަލް appeared first on adduLIVE.



More from adduLive