ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

Tue, 07 May 2024 11:50 AM

View on this article on adduLive

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.



ފުލުހުން ބުނެފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލާފައިވަނީ މާރިޗު 5 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 105 ފުޅި ބަނގުރަލާއި 57 ދަޅު ބިޔަރެވެ.

މިތަކެއްޗަކީ 2023 އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި އެކި މައްސަލަތަކުގައި ހިންނަވަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

The post ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި appeared first on adduLIVE.



More from adduLive