ރައީސް ފ. އަތޮޅަށް ފުރާވަޑައިގެންފި

Sat, 27 May 2023 09:15 AM

View on this article on adduLive

ރައީސް ފ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ބްރާހީމް މުޙައްމަދު ސޯލިހު ފ. އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ.

އެ އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. މި މިދަތުރުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ފ. ނިލަންދުއަށެވެ. އޭގެ ފަހުން އެ އަތޮޅު ދަރަނބޫދޫއަށާއި މަގޫދޫ އަދި ބިލެތްދޫގެ އިތުރުން ފީއައްޔަށް ވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅުގައި ރައީސް ރަށްރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެ އެވެ.

އެގޮތުން، ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، މަގޫދޫގައި އަޅަމުން އަންނަ އެއާޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ގޮސް ރައީސް ބައްލަވައިލައްވާނެ އެވެ.

The post ރައީސް ފ. އަތޮޅަށް ފުރާވަޑައިގެންފި appeared first on adduLIVE.



More from adduLive