ކުލަގަދަ ރަސްމިއްޔާތަކުން ޕެރިސް އޮލިމްޕިކްސް ހުޅުވައިފި

Sat, 27 Jul 2024 06:09 AM

View on this article on adduLive

ކުލަގަދަ ރަސްމިއްޔާތަކުން ޕެރިސް އޮލިމްޕިކްސް ހުޅުވައިފި

އޮލިމްޕިކްސް 2024، ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުލަގަދަ ރަސްމިއްޔާތަކާ އެކު ފަށައިފި އެވެ.



ފްރާންސްގެ މަޝްހޫރު ސެއިން ކޯރުގައި ބޯ ވިއްސާރައިގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ގޭމްސް ފައްޓަވައިދެއްވީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެވެ. އަދި ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ދަންމަރު ރޯކޮށްދިނީ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދާފައިވާ ފްރާންސްގެ ދެ ދުވުންތެރިން ކަމަށްވާ ޓެޑީ ރައިނާ އާއި މަރީ ހޯޒޭ ޕެރިކް އެވެ.

މި ރަސްމިއްޔާތުގައި މަޝްހޫރު މިއުޒީޝަނުން ކަމަށްވާ ލޭޑީ ގާގާ އާއި ސެލީން ޑިއޯންގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވާއިރު، ހާއްސަ ލޭޒާ ޝޯއެއް ފްރާންސްގެ އެއިފިލް ޓަވަރުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގެ އެންމެ ހާއްސަ ބަޔަކީ، ގައުމުތަކުގެ ކޮންޓިންޖެންޓުގައި ހިމެނޭ މެމްބަރުން ތައާރަފް ކުރުން ކަމަށްވާއިރު، އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ގައުމުތަކުގެ ކޮންޓިންޖެންޓުގައި ހިމެނޭ މެމްބަރުން ތައާރަފްކުރީ ބޯޓުތަކެއްގައި ބައިތިއްބައިގެންނެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.

އަންނަ މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި 32 ކުޅިވަރަކުން 10،500 އެތްލީޓުން ވާދަކުރެ އެވެ.

The post ކުލަގަދަ ރަސްމިއްޔާތަކުން ޕެރިސް އޮލިމްޕިކްސް ހުޅުވައިފި appeared first on adduLIVE.



More from adduLive