ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދޭނަން

Sat, 27 Jul 2024 06:10 AM

View on this article on adduLive

ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދޭނަން

ފަސް އަހަރުގެ ދައުރު ނިމޭއިރު ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.



މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބޮލަކަށް ޖެހޭ މިންވަރު ހުރީ 13،000 ޑޮލަރުގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ފުރިހަމަ ޔަގީންކަމާ އެކީގައި ދަންނަވާލަނީ 2028 އަންނަ އިރުގައި 17،000 ޑޮލަރަށް އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކުރިޔަސް އިގްތިސާދީ މަސައްކަތްތަކާއެކު އިގުތިސޯދު ހަރުދަނާ ކުރެވި، ގައުމު މުއްސަނދި ކުރެވި، ފަރުދުން މުއްސަނދިވެގެންދާނެ ކަމަށެވެ.

ސަރުކާރަށް އާމުދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފަ އެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުންދާ ކަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިފްކޯ ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށެވެ.

މީގެ އިތުރުން، ޤާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު، ޓީޖީއެސްޓިގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު، ޖީއެސްޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ އެބައޮތްކަމުގައި ފާހަގަކުރައްވައި މި ރުފިޔާ ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވި އެވެ.

The post ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދޭނަން appeared first on adduLIVE.



More from adduLive