ޕްރިޔަންކާގެ "ސިޓަޑެލް" ދެވަނަ ސީޒަނަކަށް

Fri, 26 May 2023 11:16 AM

View on this article on adduLive

ޕްރިޔަންކާގެ "ސިޓަޑެލް" ދެވަނަ ސީޒަނަކަށް

މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ސީރީޒް "ސިޓަޑެލް" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ވެސް ނިންމައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބެލުންތެރިންފެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ސީރީޒްގެ ދެވަނަ ސީޒަނެއް ގެނެސްދޭން އެމެޒޯން ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން ސީރީޒްގެ މޭސްތިރިން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯ މިހާރު ދެވަނަ ސީޒަންގެ ވާހަކަ އަށް ބޯ ގާނަމުން އަންނަ ކަމަށެވެ.

ސްޕައި އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ސިޓަޑެލް" ގެ ފުރަތަމަ ސީޒަނުގައި ހިމެނެނީ ހަ އެޕިސޯޑެވެ. މިދިޔަ މަހުގެ 28 ގައި ޕްރީމިއާކުރި ސީރިޒްގެ ބަތަލަކީ ރިޗަޑް މެޑެން އެވެ. ޕްރިޔަންކާ އާއި މެޑަން ކޮށްފައިވާ މަސައްކަތަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާ އިރު، "ސިޓަބެލް" އިންޑިއާގެ ވަރަށް ގިނަ ބަޔަކު ޕްރިޔަންކާގެ އެކްޓިން އަށް ވަރަށް ތައުރީފުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަން ހިމެނެ އެވެ.

"ސިޓަޑެލް" އަކީ އޭގެ ސްޕިން-އޮފްތަކެއް އެކި ބަހުން ހަދަން ނިންމާފައިވާ އެއްޗެކެވެ. އެގޮތުން ހިންދީ ބަހުން ހަދާ "ސިޓަޑެލް އިންޑިއާ" ގެ މަސައްކަތް މިހާރު އަންނަނީ ކިރަމުންނެވެ. ރާޖް އެންޑް ޑީކޭ ޑައިރެކްޝަނާ ހަވާލުވެފައިވާ ސީރީޒްގެ ތަރިންނަކީ ވަރޫން ދަނާއި ސަމަންތާ ރޫތު ޕްރަބޫ އެެވެ.

"ސިޓަޑެލް" ހަދަން ނިންމާފައިވާ ބަސްތަކުގެ ތެރޭގައި އިޓަލީއަންސް، ސްޕެނިސް އަދި މެކްސިކަން ހިމެނެ އެވެ.

"ސިޑަޓެލް" އަކީ ޕްރިޔަންކާ ކުޅުނު ދެވަނަ ސީރީޒެވެ. އޭނަ ހޮލީވުޑަށް ނުކިތީ އޭބީސީ ނެޓްވޯކްގެ "ކްއަންޓިކޯ" އިންނެވެ. އެ ވެެސް ދެ ސީޒަނަކަށް ގެނެސްދިނެވެ.

The post ޕްރިޔަންކާގެ "ސިޓަޑެލް" ދެވަނަ ސީޒަނަކަށް appeared first on adduLIVE.



More from adduLive