ރައްކާތެރި އަމާން ތަނަކަށް ހެދުމަށް މާލެ ފަހި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފި

Thu, 25 Jul 2024 07:30 AM

View on this article on XeeTimes

ރައްކާތެރި އަމާން ތަނަކަށް ހެދުމަށް މާލެ ފަހި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފި

"މާލެ ފަހި ޕްރޮގްރާމް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވީ ރޭގެ ވަގުތެއްގައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ "މާލެ ފަހި ޕްރޮގްރާމު"ގެ ފޮތް ނެރެދެއްވާފައެވެ.



މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.

މާލެ ފަހި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ފާހަގަކޮށްފައިވާ ކަންތައްތައް ހާސިލުވެއްޖެނަމަ މާލެ ސަރަހައްދުގެ މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ތަންތަނަށް ވެގެންދާނެއެވެ.

The post ރައްކާތެރި އަމާން ތަނަކަށް ހެދުމަށް މާލެ ފަހި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފި appeared first on XeeTimes.



More from XeeTimes