ޚާއްސަ އެހީއަށް ބޭނުންވާ 2 ކުދިން ގޮވައިގެން ޒުވާން ދެމަފިރިން ކުރަމުންދާ ހިތްވަރު!

Thu, 17 Oct 2024 08:59 AM

View on this article on XeeTimes

ޚާއްސަ އެހީއަށް ބޭނުންވާ 2 ކުދިން ގޮވައިގެން ޒުވާން ދެމަފިރިން ކުރަމުންދާ ހިތްވަރު!

މިއީ ބ. ކެންދޫ އަށް 'ޒީޓައިމްސް' އިން ކުރި ދަތުރުގައި ނަގާފައިވާ ވީޑިއޯ އިންޓަވިއުއެކެވެ. އެ ރަށު ފާޠިމަތު ޢަބްދުލްޤައްޔޫމް އާއި ޢުމައިރު މުސްޠަފާ އަށް ލިބުނު 3 ކުދިންގެ ތެރެއިން ދޮށީދަރިފުޅާއި ހަގު ދަރިފުޅަކީ ޚާއްސަ އެހީއަށް ބޭނުންވާ 2 ކުދިންނެވެ. ދޮށީ ދަރިފުޅު ޔޫސުފް ޔަޝްޢަލް ބިން ޢުމައިރު އަށް 12 އަހަރު ވީއިރުވެސް ލޮލަށް ފެންނަކަމެއް ޔަގީނެއް ނޫނެވެ. އަދި ވާހަކަ ނުދެއްކި ނުތެދުވެވި، ނުހިނގޭއިރު އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވެއެވެ. ކުޑަދަރިފުޅު ޔޫން ޢުމައިރު މުސްޠަފާ އަށް 1 އަހަރުވީއިރު އެދަރިފުޅަކީވެސް ބަލިކުއްޖެކެވެ. ކުޑަދަރިފުޅުގެ ބޮލުގެ އޮޕަރޭޝަން އަށް ރާއްޖެއިން ބޭރަށް ދިއުމަށް މި އާއިލާއަށް އެހީތެރިކަން ބޭނުންވެއެވެ.



ޔޫސުފް އާއި ޔޫންގެ މަންމަގެ ރުފިޔާ އެކައުންޓް ނަންބަރު: 7701473306001 (ފާޠިމަތު އަބްދުލްޤައްޔޫމް)

ޔޫސުފް އާއި ޔޫންގެ ބައްޕަގެ ޑޮލަރު އެކައުންޓް ނަންބަރު: 7730000171708 (ޢުމައިރު މުސްޠަފާ)

The post ޚާއްސަ އެހީއަށް ބޭނުންވާ 2 ކުދިން ގޮވައިގެން ޒުވާން ދެމަފިރިން ކުރަމުންދާ ހިތްވަރު! appeared first on XeeTimes.



More from XeeTimes