ހެދުންއަޅާއިރު ބެލްޓާއި އެއްކުލައިގެ ބޫޓެއް ބޭނުންކޮށްގެން ތަފާތު ދެނެގަންނަމާ!

Wed, 24 Apr 2024 08:20 AM

View on this article on XeeTimes

ހެދުންއަޅާއިރު ބެލްޓާއި އެއްކުލައިގެ ބޫޓެއް ބޭނުންކޮށްގެން ތަފާތު ދެނެގަންނަމާ!

ރީއްޗަށް ހެދުން އެޅުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުވާނެ ކަމެކެވެ. މީހަކު ހެދުން އަޅާފައި ހުންނަގޮތުން އެމީހާގެ 'ޕާސަނަލިޓީ' ދެނެގަންނަން އެހެން މީހުންނަށް ފަސޭހަވާނެއެވެ. ތަފާތު ރަސްމިއްޔާތުތަކަށް ދާއިރު ހެދުން އެޅުމަށް ވަކި ގޮތްތަކެއް ހަމަޖައްސާފައި އޮންނަނީ އެ އިވެންޓެއްގެ ގޮތުން ހައިބަތު ހިފެހެއްޓުމުގެ ބޭނުމުގައެވެ. ރަސްމިއްޔާތުތަކަށް ދިއުމަށް ހެދުން އަޅަންވާނީ އެނގިގެންނެވެ. މި ބަލާލަނީ ހެދުން އެޅުމުގައި އާންމުކޮށް ބޭނުންކޮށްއުޅޭ އާންމު ބައެއް ރޫލްސް ތަކަށެވެ.



  1. މީހާގެ ހަށިގަނޑާ ގުޅޭގޮތަށް ހެދުން އެޅުން

މަތިން ބޭނުންކުރާ ހެދުމާއި ގުޅޭ ސްކާޓެއް ބޭނުންކުރުން އެގޮތުން ހެދުމުގެ ކުލައާއި ނުގުޅޭ ގަދަ ކުލައެއްގެ ޑިޒައިން ހުންނަ ސްކާޓް ބޭނުންނުކުރާށެވެ.

  1. ހެދުން އަޅާއިރު ގިނަވެގެން 3 ގަހަނާ ބޭނުންކުރުން

އާދައިގެ ނުވަތަ 'ސިމްޕަލް ލުކެއްގެ' ހެދުމެއް އަޅާނަމަ ގަހަނާ ބޭނުންކުރަންވާނެ އެންމެ ރަނގަޅު ގޮތަކީ އެއްފަހަރާ ގަހަނާގެ 2 ބާވަތް ބޭނުންކުރުމެވެ. މިސާލަކަށް ހެދުމާއި ގުޅޭގޮތަށް ކަރުގައި ފަށަކާއި އިނގިލީގައި އަނގޮޓިއެއް އަދި އަތުގައި ތަނޑިއެއް އެޅުމުން ރީތި ފެނިލުމެއް ފެންނާނެއެވެ.

  1. ގަމީސް ވައްތަރުގެ ހެދުމުގައި މަތިން 2 ގޮށަށް ވުރެން އިތުރު ގޮށްތައް ނުނެއްޓުން

ގަމީސް ވައްތަރުގެ ހެދުންލާއިރު މަތިން ފެށިގެން އެންމެ ގިނަވެގެން ނައްޓާފައި ބަހައްޓަންވާނީ 2 ގޮށެވެ. އެއަށްވުރެން ގިނަ ގޮށްތައް ނުނައްޓާށެވެ.

  1. ކޯޓު ނުލާ އަތްދިގުގަމީހާއެކު ޓައި

ކެޝުއަލް އިވެންޓްތަކަށް ދިއުމުގައި ސޫޓް ނުވަތަ ޖެކެޓް ބޭނުންނުކުރާނަމަ ޓައި ބޭނުން ނުކޮށް ހެދުން އެޅިދާނެއެވެ. މިގޮތަށް ހެދުން އަޅާއިރު ބެލްޓް އަޅަންވާނެއެވެ. ބެލްޓަކީ ފެޝަނެއްގެ އިތުރުން އުނަގަނޑުގައި ފަޓުލޫނު ހިފެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދަށަށްޖަހާނަމަ އަބަދުވެސް ބެލްޓް އަޅަންވާނެއެވެ ބެލްޓާއި ބޫޓުގެ ކުލަ ގުޅުވާފައި ލުމުން ފެންނަގޮތް ރީތިވެފަ ތަފާތުވާނެއެވެ. މިފަހަރު މިގޮތަށް ގުޅުވާނުލެވުނަސް ދެންފަހަރަކު ހެދުންއަޅާއިރު ބެލްޓާއި އެއްކުލައިގެ ބޫޓެއް ބޭނުންކޮށްފަ ތަފާތު ދެނެގަނެވިދާނެއެވެ. އަދި އަޅާ ޓައީގެ ތިރީ ކައިރި ހުންނަންވާނީ ބެލްޓުގެ މެދާހިސާބުގައެވެ.

  1. އަބަދުވެސް ކޯޓުގެ މެދުގޮށް އަޅުވާފައި ބެހެއްޓުން

ޖެކެޓުގެ ގޮށްތަށް އަޅުވާއިރު މެދުގައި ހުންނަ ގޮށް އެކަނި އަޅުވާފައި ބަހައްޓާށެވެ. އެގޮތަށް ހުރުމުން ބަލާބެލުމަށް ސްޓައިލްވެފައި ރީތިވާނެއެވެ. މެދުގޮށަކީ ޖެކެޓުގެ މެދު ކަމަށްވުމުން މެދުގޮށް އެޅުވުމުން ގައިގެ ވަށައިގެން ކޯޓު ފިޓުވެ ފެންނަގޮތް ރީތިވާނެއެވެ. އިވެންޓެއްގެ ބާވަތުން ހެދުންއަޅާ ސްޓައިލެއްގެ ގޮތުން މަތީގޮށް އެޅުވިދާނެއެވެ. ނަމަވެސް ތިރީގޮށް ނާޅުވާށެވެ. ފެންނަގޮތްވެސް އެހާ ރީއްޗެއް ނުވާނެއެވެ. މިއަށް "ފިރިހެނުންގެ ގޯލްޑެން ފެޝަން ރޫލްސް" ކިޔައެވެ.

The post ހެދުންއަޅާއިރު ބެލްޓާއި އެއްކުލައިގެ ބޫޓެއް ބޭނުންކޮށްގެން ތަފާތު ދެނެގަންނަމާ! appeared first on XeeTimes.



More from XeeTimes