ފުލައިޓުގައި ގިނައިރުވެ ނުނިދޭނަމަ ވިސްނަންވީ ކަންތައްތައް!

Thu, 02 May 2024 08:15 AM

View on this article on XeeTimes

ފުލައިޓުގައި ގިނައިރުވެ ނުނިދޭނަމަ ވިސްނަންވީ ކަންތައްތައް!

ދިގުދަތުރެއް ކުރާއިރު ފްލައިޓުގައި ނިދާލުމަށް ކޮންމެ މީހަކުވެސް ތައްޔާރުވަނީ އެންމެ ބޭނުންވާ ގޮތަށެވެ. ފްލައިޓްގައި ނިދާލުމަށްޓަކައި ވަކިގޮތަކަށް ތައްޔާރުވެލައިގެން ފްލައިޓަށް އެރުމުން މީހާ ތާޒާވެފައި ނިދާލަން ފަސޭހަވާނެއެވެ. އާއްމުކޮށް ބައެއް މީހުން ފްލައިޓުގައި ނިދާއިރު ގުގުރިދަމާނަމަ ކައިރީގައި ތިބޭ މީހުންނަށް ނިދަން އުދަގޫވާނެއެވެ. އާއްމުކޮށް ފްލައިޓުގައި ދަތުރުކުރާއިރު ނޭފަތް ބެދުން ކަހަލަ އުދަގޫތައް ދިމާވެ ކަންފަތަށް ތަދުވެ ނިދަން އުދަގޫވެސް ވެއެވެ. ފުލައިޓުގައި އަރާމު ނިންޖެއް ނިދާލަން ބޭނުންނަމަ މިކަންތައްތަކާމެދު ސަމާލުވެލުން މުހިއްމެވެ.



ކުޅިކޮށް ނުވަތަ ތެލުލި އެއްޗެހި ނުކެއުން

ދިގުދަތުރަކަށް ތައްޔާރުވާނަމަ ހަމަޖެހިގެން ދަތުރުކޮށްލާފައި ބޭނުންވާ މަންޒިލަށް ދިއުމަށްޓަކައި ކުޅިއެއްޗެހި ނުވަތަ ތެލުލި އެއްޗެހި ކެއުމުުން ދުރުވެލުމަކީ އެދެވިގެންވާކަމެކެވެ. އެހެންނޫންނަމަ މާބޮޑަށް ވައިގެ އުދަގޫ ކުރިމަތިވެ ބޯއަނބުރާގޮތްވެ ހޮޑުލަވާހެން ހީވާނެއެވެ. ގޭހުގެ މައްސަލަ ދިމާވެއްޖެނަމަ ބޮލުގައި ރިހެންވެސް ފަށައެވެ. މިކަހަލަ އެތައް އުދަގުލެއްގެ ސަބަބުން ދާންވާ މަންޒިލަށް ދިއުމުގެ ކުރިން އަރާމު ނިންޖެއްވެސް ނުލިބި ދަތުރު މުޅިން ފޫހިކޮށްލައެވެ.

ދިޔާއެއްޗެހި ގިނަކުރުން

ދިގުދަތުރަކަށް ދާއިރު ޚާއްސަކޮށް ފްލައިޓުގައި ދަތުރުކުރާނަމަ ވައިބަންދުވެ ގިނައިރު އިންނަނަމަ ޑީހައިޑްރޭޓްވުމުން ސަލާމަތްވުމަށް ދިޔާއެއްޗެހި ބޭނުންކުރުމަކީ މުހިއްމުކަމެކެވެ. މާބޮޑަށް ޑީހައިޑްރޭޓްވާނަމަ ހަންގަނޑު ހިކި ތުންފަތްވެސް ހިކިގެން ހަލާކުވުމަށް މެދުވެރިވެއެވެ. އަދި ޚާއްސަކޮށް އަރާމު ނިންޖެއް ބޭނުންވާނަމަ ދަތުރަށް ތައްޔާރުވުމުގެ ކުރިން މިކަންކަމަށް ސަމާލުވެލުން މުހިއްމެވެ.

ގަޔަށްދޫ އެއްޗެހިލައިގެން އައުން

ދަތުރަށް ތައްޔާރުވާއިރު ލާން އެންމެ ރަނގަޅީ ގަޔަށް ދޫކޮށް ހުންނަ އަރާމު ފޮތީގެ ހެދުމެވެ. ޚާއްސަކޮށް ކޮޓަން ފޮތިން ފަހާފައި ހުންނަ އަރާމު އެއްޗެހި ލައިގެން ފްލައިޓުގައި އަރާމުކޮށް ނިދާލަންވެސް ފަސޭހަވާނެއެވެ.

ލޮލުގައި މާސްކެއް އެޅުން

ފްލައިޓުގައި ބައެއްފަހަރު ނިދާއިރު ލޮލަށް އަލިއެޅި ކަންތައްތައް ދިމާވުމުން ނިދަން އުދަގޫވެއެވެ. މިގޮތަށް ދިމާވާނަމަ ލޮލުގައި އަޅާ މާސްކެއް ހިފައިގެން ދަތުރަށް ތައްޔާރުވެލުން މުހިއްމެވެ.

ނޮއިސް ކެންސަލިން ހެޑްސެޓް

ނޮއިސް ކެންސަލިން ހެޑްސެޓަކީ ފްލައިޓުގައި ނިދާލަން އެންމެ ބޭނުންވާނެ އެކަތި ކަމުގައި ހަމަގައިމުވެސް ވާނެއެވެ. ފްލައިޓުގައި މީހުން ވާހަކަދައްކާ އަޑާއި ކުޑަކުދިން ރޯއަޑުވެސް އިވޭނެއެވެ. އަދި ކްރޫއިންދޭ އެކި އެނައުންސްމެންޓުތަކުގެ އަޑުންވެސް ނިދަން އުދަގޫވެއެވެ. މިސަބަބުތަކަށްޓަކައި ނޮއިސް ކެންސަލިން ހެޑްސެޓެއް އެއީ ކޮންމެހެންވެސް ބޭނުންވާނެއެއްޗެކެވެ.

މައުލޫމާތު: ސްލީޕްފައުންޑޭޝަން

The post ފުލައިޓުގައި ގިނައިރުވެ ނުނިދޭނަމަ ވިސްނަންވީ ކަންތައްތައް! appeared first on XeeTimes.



More from XeeTimes