6 އަހަރުގެ ނައުޝީން ލިޔެފައިވާ ވިސްޕަރސް އޮފް ވޮންޑަރ - ބައި ނައުޝީން އިފްތިތާހްކުރުން

Wed, 01 May 2024 08:54 PM

View on this article on XeeTimes

6 އަހަރުގެ ނައުޝީން ލިޔެފައިވާ ވިސްޕަރސް އޮފް ވޮންޑަރ - ބައި ނައުޝީން އިފްތިތާހްކުރުން

6 އަހަރުގެ މަކީނާ ނައުޝީން އަލީ ލިޔެފައިވާ ފޮތެއް އިއްޔެ ވަނީ އިފްތިތާހް ކޮށްފައެވެ. މިފޮތުގައި ލިޔެފައިވަނީ ނައުޝީން އެކި ދުވަސްމަތިން ހަދާފައިވާ ޕޮއެމްތަކެކެވެ. މިގޮތުން ވަށައިގެންވާ މާހައުލުން ދިމާވާ ކަންތައް ފަށުވި އިބާރާތަކުން ކުޑަކުއްޖެއްގެ ހިތަށްއަރާ އެއްޗެހި މަޖާ ގޮތަކަށް މިފޮތުގައި ހިމަނާފައިވެއެވެ. މިފޮތް ނެރެފައިވަނީ ނައުޝީންގެ 7 ވަނަ އުފަންދުވަހުއެވެ. މިފޮތަކީ ނައުޝީންގެ މަންމަ ދިމްނާ ފާކިރު (ދިމީ) އާއި ބައްޕަ ކާނަލް އަލިމަނިކު (ދާރީ) ނައުޝީން ކުރި މަސައްކަތް ބަލައިގަނެ އުފަންދުވަހަށް ހަދިޔާއަކަށް އެކުލަވާލި ފޮތެކެވެ. 



ބިލަބޮންގްހައި އިންޓަރނޭޝަނަލް ސްކޫލް ގްރޭޑް 1 ގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ނައުޝީން އަކީ ތުއްތުއިރުން ފެށިގެންވެސް ފޮތަށް އަހުލުވެރިވެ ލޯބި ޖެހިފައިވާ ކުއްޖެކެވެ. އަދި " ނައުޝީން ބުކްސް އެންޑް ޓޯއީސް" ގެ ފައުންޑަރ ވެސް މެއެވެ. މީގެ އިތުރުން ނައުޝީންގެ ފޮތްކިޔުމުގެ ހުނަރު ފާހަގަކޮށް 4 ހަހަރުގައި ނައުޝީނަށް ވަނީ ދަ ޗައިލްޑް ޕްރޮޑިޖީ އިން ޗައިލްޑް ޕްރޮޑިޖީ - އިންސްޕިރޭޝަނަލް ރީޑަރސް އެވޯޑްވެސް ގްރާންޓް ކޮށްފައެވެ.

މިފޮތް އެލުލަވާލާފައިވަނީ ނައުޝީންގެ މަންމަގެ އެހީތެރިކަމާއިއެކުއެވެ. އަދި ފަރުމާކޮށްފައިވަނީ ނައުޝީންގެ ދޮންބެ މުހައްމަދު އަމްދާންއެވެ. ފޮތް އެޑިޓް ކުރުމުގައި އެހީތެރިވެފައިވަނީ އިނގިރޭސި ބަހުގެ ތަޖުރިބާކާރު ޓީޗަރ މިސް ޔޫލީ އެވެ.

މިފޮތް އިހްތިތާހް ކޮށްދެއްވީ ނައުޝީންގެ ފުރަތަމަ ޕްރީސްކޫލް ޓީޗަރ ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އާމިނަތު ތަހުމީނާ އެވެ. އަދި ހާއްސަ މެހެމާނުންގެ ގޮތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ ޒީނާ ޒާހިރާއި ބިލަބޮންގްހައި ސްކޫލްގެ ޕްރިންސިޕަލް  ސައުދު ﷲ ޢަލީ އާއި ސްކޫލްގެ އިސްވެރިންގެ އިތުރުން، ޕްރީސްކޫލް އަދި ގްރޭޑް 1 ގެ ޓީޗަރުންނާއި، ނައުޝީންގެ ދެފަރާތުގެ އާއިލާ އަދި ރައްޓެހިން ވަނީ ހާޒިރުވެފައެވެ.

 

މިހަފްލާގައި ނައުޝީން ވަނީ މިފޮތުން ޕޮއެމްއެއް ހުށަހަޅާފައެވެ. މިފޮތް ވަރަށްއަވަހަށް ބުކްޝޮޕްތަކުން ލިބެހުންނާނެ ކަމަށް ނައުޝީންގެ އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

The post 6 އަހަރުގެ ނައުޝީން ލިޔެފައިވާ ވިސްޕަރސް އޮފް ވޮންޑަރ - ބައި ނައުޝީން އިފްތިތާހްކުރުން appeared first on XeeTimes.



More from XeeTimes