އެހެންމީހުންނާމެދު ވިސްނާ ސްކޫލަށް ވަންނަ ދޮރުމަތީގައި ވެހިކަލް ޕާކުކުރުން ހުއްޓާލަމާ ހިނގާ!

Mon, 22 Apr 2024 12:02 PM

View on this article on XeeTimes

އެހެންމީހުންނާމެދު ވިސްނާ ސްކޫލަށް ވަންނަ ދޮރުމަތީގައި ވެހިކަލް ޕާކުކުރުން ހުއްޓާލަމާ ހިނގާ!

އާންމުކޮށް ކުރަންޖެހޭ ކަންތައްތައް ގިނަކަމުން ކޮންމެ މީހަކީވެސް ބިޒީ މީހެކެވެ. ހެނދުނު ހޭލުމަށްފަހު އެންމެންވެސް އަވަސްވެގަންނަނީ އެމީހަކު އެދުވަހެއްގައި ކުރަން ހުންނަ މަސއްކަތްތައް ކުރުމުގައެވެ. ތިމާމީހާ ގަޑިއަށް ތަންތަނަށް ދާން ބޭނުންވާފަދައިން އެހެންމީހުންވެސް އެގޮތް ބޭނުންވާނެކަމަށް ގަބޫލުކުރަންވާނެއެވެ. ދަރިފުޅު ބަލާ ސްކޫލްދޮށަށްގޮސް ސްކޫލުގެ ދޮރާށި ކުރިމަތީގައި ސައިކަލް ނުވަތަ ކާރު ޕާކުކުރުމަށްފަހު ހޭދަވާ ކޮންމެ ވަގުތުކޮޅަކީވެސް އެހެންމީހަކަށް އެކަމުގެ ސަބަބުން އުދަނގޫތަކެއް ކުރިމަތިވާ ކަމެއްކަން ނުވިސްނެނީބާއޭ ހިތަށް އަރައެވެ. އެހެން ހެދުމުން ސްކޫލަށް ދަރިފުޅު ބަލާދާ މީހުން ވަދެނިކުމެ ހެދުމުގައި އެގެއްލެނީ ކިހާ ވަގުތެއްތޯއެވެ؟ 



މީހަކު ގޯސްގޮތަކަށް އަމަލުކުރިޔަސް ތިމާ އެފަދަމީހަކަށް ބަދަލުވާކަށް ނުޖެހެއެވެ. ނަސޭހަތްތެރިވާށެވެ. އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު ނޭޅުމަކީ އެކަންތައް ތަކުރާރުކުރަންވީ ސަބަބެއް ނޫނެވެ. ތައުލީމީ ހޭލުންތެރި މި މުޖުތަމައުގައި މިޒާތުގެ ކަންކަން ރަނގަޅުކުރަން އެހެންބަޔަކު އަންނާނެކަމަށް ނުދެކޭށެވެ. މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ މަންފާއަށްޓަކައި ހެދިފައި ހުންނަ ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި ރަނގަޅުގޮތްކަމަށް ބަލައިގަނެފައިވާ އުސޫލުތަކަށް އަހުލުވެރިވެ އެކަންކަން ރަނގަޅަށް ކުރުމަށް ފަރުދީގޮތުން މަސައްކަތްކުރާށެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުން ރަނގަޅު މިސާލު ދައްކައިގެން ދަރިން ތަރުބިއްޔަތުކުރާށެވެ.

އުފާވެރި އަމާން މުޖުތަމައެއް ބިނާކުރުމަށް އެންމެންވެގެން އަތުކުރިއޮޅާލަމާތޯއެވެ. އަހަރެމެންގެ ދަރިންގެ ކުރިމަގަށް އުފާވެރި އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައެވެ.

ނޯޓް: މި ލިޔުމުގައި ފާހަގަކުރެވިފައިވާ ކަންކަން އިތުރަށް ރަނގަޅުކުރުމަށް ތިޔަފަރާތުގެ ޚިޔާލު ކޮމެންޓްއިން ހިއްސާކުރައްވާ!  

The post އެހެންމީހުންނާމެދު ވިސްނާ ސްކޫލަށް ވަންނަ ދޮރުމަތީގައި ވެހިކަލް ޕާކުކުރުން ހުއްޓާލަމާ ހިނގާ! appeared first on XeeTimes.



More from XeeTimes