ދޮގުވެރިކަމަކީ ދޮގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް- ހުކުރު ޚުތުބާ

Fri, 02 Jun 2023 12:50 PM

View on this article on XeeTimes

ދޮގުވެރިކަމަކީ ދޮގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް- ހުކުރު ޚުތުބާ

ބަސްމޮށުންތެރިކަމަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. ނަމަވެސް އެއީ ދެމިޔަލީ ކަނޑިއެއްފަދަ ހަތިޔާރެކެވެ. މާތް ﷲ ދެއްވި ކޮންމެ ނިޢުމަތެއްވެސް ބޭނުންކުރަންވާނީ ތިމާއަށާއި، މުޖުތަމަޢަށް ފައިދާ ލިބެނިވި ގޮތަކަށެވެ.



ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ. މާނައީ: "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ފަހެ ހެޔޮބަސް ބުނާށެވެ! ނުވަތަ ހަނުހުންނާށެވެ!"

އިންސާނުންނަށް އެމީހުންގެ ހަޔާތް ބިނާކުރުމަށް އަންގަވާފައިވަނީ ހައްޤުގެ މަތީގައެވެ. ހައްޤުނޫން ބަހެއް ނުބުނުމަށާއި، ހައްޤު ނޫންކަމެއް ނުކުރުމަށް މާތްﷲ އެމީހުންނަށް އަންގަވާފައިވެއެވެ. މިހެންވެ މުސްލިމުންގެ ހަޔާތުގައި ތެދުވެރިވުމަކީ ވަރަށް މުހިންމުކަމެކެވެ. އިސްލާމީ މުޖުތަމަޢު ބިނާކުރެވެންވާނީ ތެދުގެ މަތީގައެވެ. ދޮގު ވާހަކަތައް ހެދުމާއި އެފަދަ ވާހަކަ ފެތުރުމުން އެއްކިބާވެގެންނެވެ. ތަފާތު ގުޅުންތައް ޤާއިމުކުރެވެންޖެހޭނީ ތެދު ހަޤީޤަތުގެ މަތީގައެވެ.

Advertisement

ދޮގުވެރިކަމަކީ ދޮގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެކެވެ. އެއީ ނުބައި ކަންތައްތަކަށް މީހާ ހުށަހެޅޭ ކަމެކެވެ. ނުބައި ބައެއް ސިފަތަކަކީ ފަރުވާ ދެވިދާނެ ސިފަތަކެކެވެ. ނަމަވެސް ދޮގުހެދުމާއި، އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތެވެ.

" ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެއެވެ. ހަދައިގެން ދޮގު ޚަބަރު ފަތުރާ ނޫސްވެރިޔާއާއި، ދޮގުވާހަކަ ޓުވީޓުކުރާ މީހާއާއި، އަމިއްލަ އެދުމެއް ހާސިލުކުރުމަށްޓަކައި ވާހަކަތައް ހަދަހަދައިގެން ފަތުރާ މީހާއާއި، އަމިއްލަ މަޤްސަދަށްޓަކައި މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާމީހާ އާއި، ދޭތެރެޖައްސާ މީހާ، އެ އަރައިގަންނަނީ ވަރަށްބޮޑު ފާފައަކަށެވެ".

އިސްލާމްދީނާއި ބެހޭގޮތުން ދޮގުހެދުމަކީ އެންމެ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ﷲ އަށް ނުވަތަ ކައު އިތުރު މާތް ރަސޫލާ ﷺ އަށް ނިސްބަތްކޮށް ހަގީގަތާއި ޚިލާފު ވާހަކަ ދެއްކުމަކީ ބިރުވެރިކަމެކެވެ. ދީނުގެ ނަމުގައި ވާހަކަ ދައްކާ މީހުން ތެދުބުނުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެއެވެ.

އިސްލާމް ދީނުގައި ދޮގު ހެދުމަކީ ހަރާމްކަމެކެވެ. ސަމާސާ ކުރުމުގައިވެސް އޮތީ ތެދު ބުނުމެވެ. ހެކިބަސް ދިނުމުގައިވެސް ތެދުވެރިވުމަށާއި ތެދުބަސް ބުނުމަށް އިސްލާމްދީން އަމުރު ކުރެއެވެ.

ބައެއްފަހަރަށް އިންސާނުން އެމީހުންނަށް ކުރެވޭ ކުށުން ސަލާމަތްވުމަށްޓަކައި ވެސް ދޮގުހަދައެވެ. އިސްލާމްދީން ގޮވައިލަނީ ކުށް ޤަބޫލުކުރުމަށެވެ. ހައްޤުބަސް ބުނުމުގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމަށް ހީވިޔަސް އޭނާއަށް އޮތީ ތެދާއި އެއްކިބާ ނުވުމެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

މިލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0


More from XeeTimes