!ހަބީ: ވަޒީފާގެ މާހައުލުގައި ނަމޫނާއެއް، ކޮއްކޮއަށްޓަކައި ބޮޑު ގުރުބާނީއެއްވި

Wed, 24 Jul 2024 06:24 PM

View on this article on XeeTimes

!ހަބީ: ވަޒީފާގެ މާހައުލުގައި ނަމޫނާއެއް، ކޮއްކޮއަށްޓަކައި ބޮޑު ގުރުބާނީއެއްވި
ރެކްރޫޓްމެންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާ އަކީ ކޮންމެ ގައުމެއްގައިވެސް ގައުމުގެ ހަމަޖެހުމާއި އިގްތިސާދާއި ގުޅިފައިވާ މުހިންމު ދާއިރާއެކެވެ. ހަމައެހެންމެ އެ ދާއިރާގެ ތަޖުރިބާކާރުންނަކީ ގައުމަށް ނުހަނު ބޭނުންތެރި މުހިންމު ރައުސުލްމާލެކޭވެސް ބުނެވިދާނެއެވެ.
'ޒީޓައިމްސް' ގެ ފަރުދުން ކެޓަގަރީގައި މި ފަހަރު މި ހިމަނާލަނީ އެފަދަ ފަރުދެއްގެ ތަޖުރިބާއެވެ. މިއީ ބޮޑު ތިދަލުންމައްޗަށް އުފަން ހަބީބާ ހަސަން (އާންމު ނަމުންނަމަ ހަބީ) ގެ ތަޖުރިބާއެވެ.
ހަބީއަކީ ހިއުމަން ރިސޯސް މެނޭޖްކުރުމުގައި ޒުވާން އެހެންނަމަވެސް ތަޖުރިބާ ހުރި މުރާލި މުވައްޒަފެކެވެ. މިދާއިރާގައި މެދުނުކެނޑި 7 އަހަރު މަސައްކަތްކޮށްފައިވާ އަދި މިވަގުތުވެސް ރެކްރޫޓްމެންޓް އެޖެންސީއެއްކަމުގައިވާ އޮނިިކްސް ޕްރައިވެޓް ލިމިޓެޑްގައި މެނޭޖަރެއްގެ ޒިންމާ އަދާކުރަމުންދާ ހަބީގެ ވަޒީފާ އަކީ ވަޒީފާތަކަށް މީހުން ހޯދާ އެމީހުންނާއި ވަޒީފާ ދޭ ފަރާތަކާއި ގުޅުވާލަދިނުމެވެ.
އޭގެ ތެރޭގައި ބޭރު ގައުމުތަކުން ރާއްޖެ އަންނަ މަސައްކަތްތެރިންގެ ކޯޓާ އާއި ވިސާ ހަމަޖައްސައިދިނުމަކީ ވެސް އޭނާގެ ކޮންމެ ދުވަހެއްގެ ތާވަލުގައިވެސް ހިމެނޭ ކަންކަމެވެ. ވަޒީފާގެ ވާހަކަ ބާއްވާފައި ފަށާނީ އޭނާގެ ވަރަށް 'ޕާސަނަލް' ވާހަކަ އަކުންނެވެ.
 
ކެންސަރު ބަލީގައި އުޅުނު ކޮށްކޮއަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ހުރީ ތައްޔާރަށް
އެއްބަނޑުއެއްބަފާ ކޮއްކޮއަށްޓަކައި 2019 ގައި އުފުލި ޒިންމާއަކީ އިންސާނިއްޔަތު ކަމުގެ ނަމޫނާއެކެވެ. އެ އަހަރުގެ ސެޕްޓެމްބަރުގައި އިންޑިއާއަށް ދިޔައީ ކޮއްކޮ މާ ބޮޑަށް ބަލިވެގެންނެވެ. އިންޑިއާއިން ހެދި ޓެސްޓުތަކުން ކޮއްކޮއަށް ކެންސަރު ޖެހިފައިވާކަން އެނގުމުން ހަބީ ނިންމީ އޭރު އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލާފައި އިންޑިއާގައި މަަޑުުކުުރުުމަަށެެވެެ. ކޮއްކޮގެ ބަލި މުޅިން ފަސޭހަ ނުވަނީސް ރާއްޖެއަށް ނުދާން އަމިއްލަ ނަފުސަށް ވައުދުވިއެވެ.
 
"ކޮއްކޮ އަށް ލޭޭގެެ ކެެންްސަަރުު ޖެހިފައި ހުރީ، ދެން ކުއްލިއަކަށް ދިމާވި ގޮތުން ކޮއްކޮއަށްޓަކައި އަމިއްލަ ދަރިފުޅުވެސް މާލޭގައި ބަހައްޓާފައި ވަޒީފާވެސް ދޫކޮށްލާފަ އިންޑިއާގަައިި މަަޑުުކުރީީ، ކޮއްކޮއަށް އެހީވާނެ އިތުރު އެހެން މީހެއްވެސް އާއިލާގައި ނެތީމަ."
 
3 އަހަރުގެ ދަރިފުޅު މަައިިދަައިިތަަ އާާއިި ހަަވާާލުުކޮޮށްްފަައިި އިންޑިއާއަށް ދިޔަނަމަވެސް ފަހުން އިންޑިއާއަށް އެއްކޮށް ދިރިއުޅުން ބަދަލުކޮށް ދަރިފުޅު ގެެންްގޮޮސްް އިިންްޑިިއާ ސުުކޫލަކަށް ވައްދައިގެެންް، ހަބީ ދިޔައީ ކޮއްކޮއަށް އެހީތެރިވަމުންނެވެ.
ކޮއްކޮވެސް ބަލަމުން ދަރިފުޅު އެކޮޅުން ސޫކޫލަށްވެސް ލައިގެން އިންޑިއާގައި އުޅުނީ. އެއީ ހިތްދަތި ދުވަސްތަކެއް، ކޮއްކޮއަށްޓަކައި އެކަމަކު އިންޝާﷲ ކޮއްކޮ ރަނގަޅުވެގެން އެނބުރި މާލެއަށް އެއްކޮށް ބަދަލުވެވިއްޖެ އެއް އަހަރު ފަހުން. ކޮއްކޮއަށްޓަކައި އަދި އާއިލާއަށްޓަކައި އެވަރުގެ ކަމެއް ކޮށްދެވުނީމަ އުފާވޭ."
 
ވަޒީފާގެ މާހައަލުގައި ޓީމް ލީޑަރެއް، ނަމޫނާ ސްޓާފެއް
ވަޒީފާގެ މާހައުލުގައިވެސް އަދި އާންމުކޮށްވެސް މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ ހަބީއަކީ އަންހެނަކަށް ވީތީ އެއްވެސް ކަމެއް ނުވާނެއޭ ބުނެ ދޫކޮށްލާ މީހެއް ނޫނެވެ. އަންހެނަކަށް ވެގެން ވަޒީފާގައި އަންނަ ގޮންޖެހުމެއްވެސް ނެތް ކަމަށާއި، ކޮންމެ ކަމަކީވެސް ވަރަށް ކުރާ ހިތުން ކަމަށް ކަމޭހިތައިގެން ކުރާ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. މިއަދުގެ ޒުވާނުންނަށް ހަބީ އަކީ ނަމޫނާއެކޭވެސް ބުނެވިދާނެއެވެ.
ވަޒީފާގެ ވަގުތުގައި އެންމެ ބޮޑު ފޯކަސްއެއް ދެނީ މަސައްކަތަށެވެ. އޮފީސް ގަޑީގައި ކޮފީ/ސައި މޭޒުތަކަށް ގޮސް ވަގުތު ބޭކާރު ކުރުމެއް ނޯވެއެވެ. ގަޑިއަށް އޮފީހަށް ހާޒިރުވުމާއި، ދުވަހުން ދުވަހަށް ނިންމަން ޖެހޭ ޓާސްކްތައް ނިންމުމުގައި ހަބީއަކީ ހަގީގަތުގައިވެސް ނަމޫނާއެއް ކަމަށް އެކުގައި މަސައްކަތްކުރާ ސްޓާފުންވެސް ގަބޫލުކުރެއެވެ.
އޭނާ ދެކޭ ގޮތުގައި ރެކްރޫޓްމެންޓްގެ ދާއިރާ ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއަކީ ދަރިން ބަލަމުން އަންނަ މަންމައިންނަށް ގޭގައި ތިބެގެންވެސް ކުރެވިދާނެ ރަނގަޅު މަސައްކަތެކެވެ.
އެހެންނަމަވެސް މިއީ ވަރަށް ވަގުތު ހޭދަކުރަންޖެހޭ ކަހަލަ ވަޒީފާއެއް ކަމަށާއި، އޭނާ މަސައްކަތް ކުރާ ކުންފުނީގައި މިވަގުތު އިތުރު ދާއިރާތަކަށްވެސް ފޯކަސް ކުރަމުން އަންނާތީ ވަރަށް ގިނަ ވަގުތު އޮފީސް މަސައްކަތަށް ހުސްކުރަން ޖެހޭ ކަމަށް ބުންޏެވެ.
އެގޮތުން އިމާރާތްކުރުމާއި އެކި އެކި ޕްރޮޖެކްޓްތައްވެސް ނަގައިގެން ކުންފުނީގެ ވިޔަފާރި ފުޅާކުރަމުން އަންނައިރު އާއިލާއަށް ވަގުތު ދެނީ ކިހާ މިންވަރަކަށްތޯ އެހުމުން ހަބީ ބުނީ ކިތަންމެ ބިޒީކޮށް އުޅުނަސް ދަރިފުޅަށް ވަގުތު ދޭ ކަމަށާއި، ދަރިފުޅުގެ ހުރިހާ ކަމަކަށްވެސް ފަރުވާތެރިވެ ވަގުތު ހުސްކުރާ ކަމަށެވެ.
ހުކުރު ދުވަސް އެއީ ހަމަ އާއިލީ ދުވަހެއް، ކިރިޔާވެސް ވަގުތެއްވިއްޔާ ބަލަނީ ދަރިފުޅަށް އެ ޓައިމް ދެވޭތޯ."
ވަޒީފާގައި ދެގޮތެއްނުވެ މިހާ ހިސާބަށް އާދެވުނުގޮތް ހިއްސާ ކުރަމުން އޭނާ ބުނީ ސުމަކުން ފަށައިގެން އައިސް މިއަދު އާދެވިފައިހުރި މަގާމާމެދު ވަރަށް އުފާކުރާ ކަމަށެވެ.
އަޅުގަނޑަކީ ރެކްރޫޓްމެންޓް އެޖެންސީ އަދި ކޮންމެޕެނީގެ ސިސްޓަރ ކޮމްޕެނީސްތަކުގެ މެނޭޖަރ. ވަރަށް ބޮޑު ޒިންމާއެއް. ވަރަށް ބޮޑު ޓީމެއް ލީޑް ކުރަން ލިބި މެނޭޖްމެންޓުން އިތުބާރުކުރާ ކަހަލަ މީހަކަށް ވެވުނީމަ ވަރަށް އުފާވޭ."
ހަބީ ބުނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭވަރުގެ މަގާމަކަށް އާދެވިފައި ހުރިކަން މިއަދު ގަބޫލުކުރާ ކަމަށާއި ހުރިހާވެސް އުފަލަކީ ދަރިފުޅުގެ ކަންކަން ދައްޗެއް ނެތި ހަމަޖެހިގެން ދިއުން ކަމަށެވެ. ދަރިފުޅުގެ އެހެނިހެން ޚަރަދުތައްވެސް އަމިއްލައަށް ބަލަހައްޓާ މެނޭޖްކޮށްގެން އުޅޭއިރު ބޭނުންވަނީ ހުރި ހަމައެކަނި އެ ދަރިފުޅަކީ ސުކޫލު ދައުރުން ފެށިގެންވެސް އިސްލާމްދީނަށް އަހުލުވެރި އަހްލާގު ރަނގަޅު ތައުލީމީ ގޮތުން މޮޅު ދަރިވަރެއްގެ ގޮތުގައި ބޮޑުކުރުމަށެވެ.
ވަޒީފާގައި ކިތަންމެ ބުރަނަމަވެސް ދަރިފުޅަށް ދީނީ ކަންކަމަށް ލޯބި ޖައްސާ ގަވާއިދުން ނަމާދު ކުރުވާ، ސުކޫލުގައި އޮންނަ ޤުރުއާން މުބާރާތްތަކުގައި ބައިވެރިކޮށް ރަނގަޅު ކާމިޔާބީތައް ހޯދުމުގެ ފަހަތުގައި ވަނީ ހަބީގެ ބުރަ މަސައްކަތުގެ ބޮޑު ހިއްސާކަން ކަށަވަރެވެ.
" ޕާސަނަލް ލައިފްގައި ކިތަންމެ ގޮންޖެހުން ތަކެއް ދިމާވި ކަމަށްވިޔަސް ހުއްޓުމެއްނެތި ވަޒީފާއިން ކުރިޔަށް ދެވި، މީހުން އިހުތިރާމް ކުރާ މީހަކަށް ވެވިއްޖެ".
 
ފަސްޖެހުމެއްނެތި ކުރިޔަށް ދިއުމަކީ ކާމިޔާބީގެ ތަޅުދަނޑިކަން ޔަގީން ކޮށްދީފި 
 
އެއްވެސް ކަމެއްގައި ފަސްޖެހުމެއް ނެތި ކުރިޔަށް ދިއުމަކީ ކާމިޔާބީގެ ތަޅުދަނޑިކަން ހަބީގެ އަޑިގުޑަން ގިނަ ޅަ އުމުރުގައި ކުރެވުނު ތަޖުރިބާއިންވެސް އޭނާ އެ ވަނީ ޔަގީންކޮށްދީފައެވެ. ހަބީއަށް މިއަދު އާދެވިފައި ހުރި ހިސާބަށް އާދެވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އޭނާގެ އާއިލާއިންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރި އެވެ.
" އެންމެންވެސް ވަރަށް ސަޕޯޓިވް ވާނެ، ދެން އޮފީހުގެ މެނޭޖްމެންޓްގެވެސް، އަޅުގަނޑުގެ ބޮސް، ވޯކް ސްޓްރަކްޗަރ އޮންނަ ގޮތުން ދަރިފުޅު ގޮވައިގެންވެސް ވޯކް އަށް ނިކުމެވޭ ގޮތަށް ހަދާދީފަ އޮންނަނީ."
އެ ފްލެކްސިބިލިޓީ ދީފައި އޮތުމަކީ ވަރަށް ބޮޑު ސަޕޯޓެއް ކަމަށާއި، ވަޒީފާ އަދާކުރާ ޓީމުގެ ހުރިހާ މެންބަރުންނަކީވެސް ވަރަށް ސަޕޯޓިވް އަދި ހަމަ އެއް އާއިލާއެއްގެ ގޮތަށް އުޅޭ އެކުވެރި ބަދަހި ޓީމެއް ކަމަށް އޭނާ ޤަބޫލުކުރެއެވެ.
މަދަރުސީ އަދި ކޮލެޖް ޔުނިވަސިޓީތަކުން ދަސްވެނިވުމަށްފަހު ވަޒީފާގެ ބާޒާރަށް އަލަށް ނިކުންނަ މީހުންނަށް ހަބީ ދޭ މެސެޖަކީ، ކޮންމެ ވަޒީފާ އަކީ އަދާކުރާހިތުން ކަމަށް ކަމޭހިތައިގެން ކުރާ މަސައްކަތަކަށް ހެދުމެވެ. އަދި ލިބޭ އާމްދާނީ އާއި ލިބޭ މަގާމަށް ބެލުމެއްނެތި ވަޒީފާ އަދާކުރަމުންދާނަމަ މިއަދަށްވުރެ އުސް ހަރުފަތަކަށް މާދަމާ އެރޭނެ ކަމަށް ގަބޫލުކޮށްގެން ވަޒީފާއަށް ކަމޭ ހިތުމަށެވެ.
ގަޑި ޖެހިގެން އޮފީހަށް އައުމާ، ބޭކާރު އަނގަތެޅުމާއި، ކޮފީތަކާއި އެކުވެރިންނާއެކު އޮފީސް ވަގުތުތަކުގައި ބޭރުގައި އުޅުންފަދަ ނުކިއްސަރު ކަންކަމާ ދުރުވެ، ވަޒީފާއަށް ވަފާތެރިވުމަށެވެ.
ސުކޫލުތަކުން ނިކުތުމަށްފަހު ވަންނަ މަސައްކަތުގެ މާހައުލަކީ ތިމާ އެންމެ ހިތް އެދޭފަދަ މާހައުލެއް ނޫނަސް އެހެން މީހުންނަށް އިހުތިރާމް ކުރުމާއި، އަބަދު އަހްލާގު ހިފެހެއްޓުމާއި، ދިމާވާ ކޮންމެ ކަމެއްގައި ބަހުގެ ހަމަލާތައް ބަދަލުކުރުމުގެ ބަދަލުގައި ހިކުމަތްތެރިކަމާއެކު އަމަލުކޮށް ކޮންމެ ހާލަތަކުންވެސް އަރަގަނެވިއްޖެނަމަ އެ ވަޒީފާއެއްގައި ތިމާއަށް ލިބެންޖެހޭ ހައްގު މަގާމާއި، މުސާރައިގެ ކުރިއެރުންވެސް ލިބޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.
ހަބީބާ ބުނީ އޭނާއަށް އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަމަށް، ވަކިން ހާއްސަކޮށް ދައްތަ އައިންތުއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށެވެ. ދަރިފުޅުގެ ހުރިހާ ކަމެއްގައި އެހީތެރިވެދީ ގޭތެރޭގެ ކަންކަން ހަމަޖެއްސުމުގައި އެ ދައްތަގެ އެހީތެރިކަން ނުލިބޭނަމަ މިފަދަ ޒިންމާދާރު ވަޒީފާއެއްގައި އުޅުމަކީ ފަސޭހަކަމަކަށް ނުވާނެކަން ފާހަގަކޮށް އޭނާގެ ދައްތައަށް އެ ކޮށްދޭ ބުރަ މަސައްކަތުގެ އަގު އޭނާ އަބަދުވެސް ވަޒަންކުރާނެއެވެ.
'ޒީޓައިމްސް' އިން އެދެނީ ހަބީބާ ފަދަ މުރާލި މަސައްކަތްތެރިންގެ ޒިންމާ އާއި ދައުރު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ފުޅާވެ އިގްތިސާދު ކޮޅަށް ޖެހޭ ވަރުގެ މަސައްކަތްތެރި ޒުވާން ޖީލެއް ގައުމުގައި އުފެދުމެވެ.

The post !ހަބީ: ވަޒީފާގެ މާހައުލުގައި ނަމޫނާއެއް، ކޮއްކޮއަށްޓަކައި ބޮޑު ގުރުބާނީއެއްވި appeared first on XeeTimes.





More from XeeTimes