ދުނިޔޭގެ ނިސްބަތުން އަގުބޮޑު މަސްތައް

Mon, 29 May 2023 10:21 AM

View on this article on XeeTimes

ދުނިޔޭގެ ނިސްބަތުން އަގުބޮޑު މަސްތައް

ދިވެހި ރާއްޖެއަކީ ކަނޑުމަހުގެ މައްޗަށް ބަރޯސާވެފައިވާ ޤައުމެކެވެ. ކާބަފައިންގެ ޒަމާނުއްސުރެ ކަނޑުމަހަށް ޖެހިފައިވާ ލޯބި އަދިވެސް އޮވެއެވެ. ކަނޑުމަހަކީ އަހަރެމެންގެ ހިތްތަކާ ގުޅިފައިވާ ދިރުމެކެވެ. ކަނޑުމަސްކޮޅެއް ނުކައި މާގިނަދުވަހު އަހަރެމެން ދިވެހިންނަކަށް ނޫޅެވެއެވެ. މަހަކީ ޕްރޮޓީންގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވާ އެއްޗެކެވެ. ސިއްހަތަށް ފައިދާހުރި ސިއްހަތަށް ބަލައިގެން ކެއުން ބަހައްޓާ މީހުންނަށް މަހުގެ ބާވަތަކީ އުނިކުރެވޭނެ ބާވަތެއް ނޫންކަން ހަމަގައިމެވެ. އެންމެ ތާޒާމަސް ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. އެހެންނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑެތި މަސްތަކަކީ އާއްމުކޮށް ރާއްޖެއިން ލިބެން ނުހުންނަ ވަރަށް މަދުން ނޫނީ ކާން ނުލިބޭ ވައްތަރުގެ މަސްމަހެވެ. އޭގެ ސަބަބުތަކާއި އެމަސް ލިބެން ހުންނަ ތަންތަންވެސް އެނގިފައި އޮތުން މުހިއްމެވެ. 



ބުލޫފިން ޓޫނާ

މިއީ ދުނިޔޭގައި އެންމެ އަގުބޮޑު އެއްވައްތަރުގެ މަހެވެ. މިމަސް 2013 ވަނަ އަހަރު ވަނީ 498 ޕައުންޑަށް ވިކިފައެވެ. މިމަހުގެ އުމުރަކީ 40 އަހަރު ކަމަށް ބެލެވެއެވެ. މިމަހުގެ މީރުކަން ބޮޑުވަނީ މިމަހުގެ އުމުރު މައްޗަށްދާ ވަރަކަށެވެ. މިއީ ބަލާލަން ވަރަށް ރީތި އަދި ސައިޒުންވެސް ވަރަށް ބޮޑު މަހެކެވެ. މިމަހުގެ އަގު އެހާ ބޮޑުވާ ސަބަބުތަކަކީ ކޮބައިކަން ބަލާލާއިރު މިމަހަށް އޮންނަ ޑިމާންޑަކީ ވަރަށް ބޮޑު އެއްޗެކެވެ. ދުނިޔޭގެ މަޝްހޫރު ޝުޝީ ހެދުމަށް ޖަޕާނަށް އެކްސްޕޯޓްކުރާ މަހެއްގެ ގޮތުގައި ހިމެނޭ ބުލޫފިން ޓޫނާގެ ފެންވަރުވެސް އެހާމެ ރަނގަޅެވެ. މިމަހަކީ ވަކިވަރަކަށް ބޭނުން ހުއްދަވާ މަހަކަށްވެފައި މިމަސް އަގުބޮޑުކޮށް ޖަޕާނަށް އެކްސްޕޯޓު ކުރެވެއެވެ.

Advertisement

ޕަފާ ފިޝް

މިއީ ވަރަށް މަޝްހޫރު އަދި ވަރަށް ތަފާތު ބައްޓަމެއްގެ މަހެކެވެ. މިއީވެސް ޖަޕާނުގައި މަޝްހޫރުވެފައިވާ ތަފާތު ރީތި މަހެކެވެ. މިމަސް އަގުބޮޑުވާ ވަކި ސަބަބުތަކެއް ހުރެއެވެ. މިއީ ފުދޭވަރަކަށް ވިހަވެސް ގަދަ މަހެކެވެ. މިމަސް މީރުވިޔަސް މިމަހަކީ ވަކިގޮތަކަށް ކައްކައިގެން ކާންޖެހޭ މަހެކެވެ. މިމަހަކީ ޕްރޮފެޝަނަލް ކައްކާއިންނަށް ނޫނީ ކެއްކޭނެ މަހެއް ނޫނެވެ.

ވައިލްޑް ކިންގް ސަލްމަން

މިއީ ސަލްމަންސްތަކުގެ ތެރެއިން އެންމެ ބޮޑު އެއްވައްތަރުގެ މަހެވެ. މިމަހަކީވެސް ވަރަށް މަދުން ނޫނީ ނުފެންނަ އަދި ކާންވެސް ނުލިބޭ ވައްތަރެއްގެ މަހެކެވެ. މިމަހުގެ އަސްލު ރަހަ ބަލައިފިނަމަ ހަމަ ޔަގީނުންވެސް ދެވަނަ ފަހަރު ކާހިތްވާނެއެވެ. މިމަސް އާއްމުކޮށް ލިބެން ހުންނަނީ ކެލިފޯނިއާ، އަލަސްކާ އަދި ސައުތުއީސްޓް އޭޝިއާގައެވެ.

ދަސްވޯޑް ފިޝް

މިމަހަކީ އެންމެ ވަރުގަދަ އެންމެ ބޮޑެތި އަދި އެންމެ މީރު މަހުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މިމަހުގެ ރަހަ ހުންނާނީ ކުޑަ ފޮނިރަހަކާ ގާތްކުރާ ކަހަލަ ގޮތަކަށެވެ. މިމަހުން ވަރަށްގިނަ ކެއުން ތައްޔާރު ކުރެވެއެވެ.

މެކްސިކަން ކިއުބާ ސްނެޕަރ

މިމަހަކީވެސް ވަރަށް ގިނަ މީހުންނަށް ކަމުދާ ވަރަށް މީރު މަހެކެވެ. މިމަހުގެ އަގުބޮޑުކަމާއިއެކު ފަސޭހައިން ލިބެން ނުހުރެއެވެ. 

 

މައުލޫމާތު؛ މޯސްޓް އެކްސްޕެންސިވް

މިލިޔުން ކިޔާލުމުން
+1
2
+1
5
+1
13
+1
5
+1
1
+1
2
+1
4


More from XeeTimes