ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Fri, 24 May 2024 03:58 PM

View on this article on vNews

ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެެއްޖެއެވެ.



ފުލުހުން ބުނީ، މާލެއަތޮޅު ރިޒޯޓެއްގައި ސްނޯކްލިއަންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މިއަދު 11:30 އެހާކަށްހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެފަތުރުވެރިޔާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައިވަނީ ރަޝިޔާއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.



More from vNews