ހަގީގަތެއްވިޔަސް ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަންޖެހޭ ވާހަކައެއް ނޫން: ހުތުބާ

Fri, 19 Apr 2024 01:08 PM

View on this article on vNews

ހަގީގަތެއްވިޔަސް ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަންޖެހޭ ވާހަކައެއް ނޫން: ހުތުބާ

ހަގީގަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.



"މުއުމިނުންގެ ސިފަތައް" މި މައުޟޫއުއަށް މިއަދު އިއްވި ހުތުބާގައި ބުނެފައިވަނީ، ބޭކާރު ވާހަކަތައް ފެތުރުމަކީ މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއްކަމަށެވެ.

އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ޙަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫންކަމަށެވެ. ތިމާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއްކަމަށާއި، އެހެންކަމުން ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ހުތުބާގައި ވަނީ ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިމާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމުމަށް ނަސޭހަތްތެރިވެފައެވެ. ހުތުބާގައި ބުނީ، ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެއްކަމަށެވެ.

ަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެކެވެ. އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫނެވެ. އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެކެވެ. ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. "މީހެއްގެ ގާތުގައި ސިއްރު ވާހަކައެއް ބުނެ އޭނާ އެމީހެއްގެ ގާތުން އެނބުރިލައިފިނަމަ، އެއީ އަމާނާތެކެވެ." ފައުޅުކުރެވޭ ސިއްރެއްގެ ސަބަބުން ކިތައް ޢާއިލާ ރޫޅިފައިވޭ ހެއްޔެވެ؟ ކިތައް އެކުވެރިން ހަތުރުންނަށް ވެފައިވޭ ހެއްޔެވެ؟
ޚުޠުބާ

ހުތުބާގައި ބުނީ، ކާމިޔާބު މުއުމިނުންގެ ފުރަތަމަ ސިފައަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުންކަމަށެވެ. މުއުމިނުންގެ ދެވަނަ ސިފައެއްއަކީ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވެތިން ކަމަށާއި، އަދި ތިން ވަނަ ސިފައަކީ މުދަލު ޒަކާތް ދެއްކުންކަމަށެވެ. ހަތަރުވަނަ ސިފައަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުންކަމަށާއި، އަދި ފަސްވަނަ ސިފައަކީ އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުންކަމަށާއި، ހަވަނަ ސިފައަކީ ނަމާދު ތަކަށް ރައްކާތެރިވެ، ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މި ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެއްކަމަށާއި، އެފަދަ މީހުންނަކީ ސުވަރުގޭގެ ވާރުތަވެރިންކަމަށް ހުތުބާގައި ފާހަަކޮށްފައިވެއެވެ. އަދި އެތާނގައި އެމީހުން އަބަދުގެ އަބަދަށް ދެމިތިބޭނެކަން ފާހަގަކޮށްފައިވެއެވެ.



More from vNews