މާލޭގައި މީހުން އާންމުކޮށް ކުނި އަޅާ 10 ތަން އަނެއްކާވެސް އާންމުކޮށްފި

Thu, 25 Apr 2024 04:43 PM

View on this article on Vaguthu

މާލޭގައި މީހުން އާންމުކޮށް ކުނި އަޅާ 10 ތަން އަނެއްކާވެސް އާންމުކޮށްފި

މާލޭގައި މީހުން އާންމުކޮށް ކުނި އަޅާ 10 ތަނެއް އަނެއްކާވެސް މާލެސީޓީ ކައުންސިލުން ހާމަކޮށްފިއެވެ.



މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއްމުކޮށް ކުނި އަޅާކަމަށް ފާހަގަ ކުރެވޭ 10 ތަނެއް ފާހަގަވެފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ފާހަގަކޮށްފައިވާ ތަންތަން މި ލިސްޓުގައި ހިމެނެއެވެ.

އާންމުކޮށް ކުނި އަޅާ ކަމަށް ފާހަގަވާ ތަންތަން:

  • އަލަމާ ގޯޅި
  • ކެނެރީ ގޯޅި
  • ހަދީބީ މަގު
  • އޯޑިއޯން ގޯޅި
  • މާވެޔޮ މަގު ފަތަހަ ކަންމަތި
  • ހެންވޭރު ސަހަރާ ކަންމަތި/ ކާސިންޖީ މަގު
  • ބަރުޖޯރާ ގޯޅި ކަންކަމަތި
  • ޕިއްޒާ ބޯނާ ގޯޅި
  • ދިލްބަހާރު މަގު/ ދަގަނޑުކެނޑި ގޯޅި ކަންމަތި
  • ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅި

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ނިޒާމު ކައުންސިލުން ވަނީ ގާއިމުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.



More from Vaguthu