މުދަލަށް ގެއްލުންދީ، ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

Sun, 05 May 2024 11:34 AM

View on this article on Vaguthu

މުދަލަށް ގެއްލުންދީ، ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

އޮފީހެއްގެ މުދަލަށް ގެއްލުންދީ، އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވަނަވަރު އާންމު ކޮށްފިއެވެ.



ފުލުހުން ވިދާޅުވީ، އޭނާ ހޯދަމުން އަންނަނީި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުން އަންނަ އެ މައްސަލައިގައި އޭނާ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވެިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވައިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

ފުލުހުން ހޯދަމުން އަންނަ މީހާގެ ނަން: އިބްރާހިމް ނާޝިދު (34އ)
އެޑްރެސް: ގދ. ތިނަދޫ/ ސަކީނާ މަންޒިލް
އައިޑީ ކާޑު ނަންބަރު: A317560

ފުލުހުން ވިދާޅުވީ، މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް އޭނާ ހާޒިރުވާން ޖެހޭނީ ސާޖަންޓް އާދަމް ހަލިމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ ސްޓޭޝަނަކަށް މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:30 އަށް ކަމަށެވެ.



More from Vaguthu