ޝާހިދުގެ ބައްޕަގެ ޖަނާޒާއަށް ފަހު ޝުކުރު ރައީސް ޑރ. މުއިއްޒަށް

Wed, 24 Apr 2024 08:20 PM

View on this article on Vaguthu

ޝާހިދުގެ ބައްޕަގެ ޖަނާޒާއަށް ފަހު ޝުކުރު ރައީސް ޑރ. މުއިއްޒަށް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލުގެ ޖަނާޒާއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝާހިދު ޝުކުރު އަދާ ކުރައްވައިފިއެވެ.



ބައްޕަގެ ޖަނާޒާއަށްފަހު ޝާހިދު ވިދާޅުވީ، އާއިލާއަށް ދިމާވި ނުހަނު ހިތްދަތި ދަނޑިވަޅުގައި ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ މަތިން ބައްޕަގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ކުރެއްވި އިންތިޒާމުތަކަށްވެސް ޝުކުރު ދަންނަވާ ކަމަށެވެ.

ޝާހިދުގެ ބައްޕަގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައުމޫނާ ވަޖީހުގެ ކައިވެންޏަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޝާހިދުގެ އިތުރުން އެންމެ ދޮއްޓަށް ހުންނެވި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. އެންމެ ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ.

މި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވީ އަބްދުﷲ ޝާހިދާއި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެން 1980 ވަނަ އަހަރު ފާތުމަތު ޝާހިދާއި އައިމިނަތު ޝާހިދު ވަނީ ދުނިޔެ ދޫކުރައްވައިފައެވެ.

ޝާހިދުގެ ބައްޕަގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ކުރީގެ އުއްތަމަފަނޑިޔާރު، އަދި މަޝްހޫރު އަދީބު ޝައިޚު މުހައްމަދު ޖަމީލް ދީދީ އަކީ، ޝެއިޚް މޫސާ ޖަމީލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ޝައިޚު ޖަމީލު ދީދީ ފަނޑިޔާރު މަނިކުފާނަކަށް ހުންނެވިއިރު، މޫސާ ޖަމީލު ވެސް ފަނޑިޔާރުކަން ކުރެއްވި އެވެ. ނަމަވެސް، ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ މީހުންނަށް އުނގަންނައި ދެއްވުމުގައެވެ.



More from Vaguthu